"ގޭމް އޮފް ތްރޯންސް"ގެ ޓްރެއިލާ އާންމުކޮށްފި

ބެލުންތެރިންގެ ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ސީރީޒް "ގޭމް އޮފް ތްރޯންސް"ގެ ފަހު ސީޒަންގެ އޮފިޝަލް ޓްރެއިލާ އާންމުކޮށްފިއެވެ.

ނޭވާ ހިފަހައްޓާލަންޖެހޭ ޝައުގުވެރި ގިނަ މަންޒަރުތަކެއް ޓްރެއިލާއިން ފެނިގެން ގޮސްފައިވެއެވެ. ސީޒަން އަށަކީ އެ ސީރީޒްގެ ފަހު ސީޒަނެވެ. އަދި އޭޕްރިލްމަހުގެ 14ގައި ގޭމް އޮފް ތްރޯންސް ދައްކަން ފަށާނެ ކަމަށެވެ.

ސީޒަން އަށެއްގައި ހިމެނޭނީ ހަ އެޕިސޯޑެވެ. ޖޯޖް އާރުއާރު މާޓިންގެ "ސޯންގް އޮފް އައިސް އެންޑް ފަޔާ"ގެ މައްޗަށް ތައްޔާރު ކުރަމުންދާ އެ ޓީވީ ޝޯ އަކީ ޓީވީ ތާރީހުގައި ބޮޑެތި ބަދަލުތަކެއް ފެނިގެންދާ ސީރީޒް އެކެވެ.

comment ކޮމެންޓް