ކޮރާޑިއަކުން ހަމަލާދީ އަނިޔާ ލިބުނު މީހާ މާލެ ގެނެސްފި

ގދ. ފަރެސްމާތޮޑާ: އެރަށުގައި ކޯރާޑިއަކުން ހަމަލާދިން 21 އަހަރުގެ ޒުވާނަކު އިތުރު ފަރުވާ އަށް މާލެ ގެނެސްފި

ގދ. ފަރެސްމާތޮޑާގައި ކޯރާޑިއަކުން ހަމަލާދީ އަނިޔާ ލިބުނު މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.

ފުލުން މިރޭ ބުނެފައިވަނީ، ރޭ ދަންވަރު 1:15 އެހާކަށް ހާއިރު ފަރެސްމާތޮޑާގެ މާތޮޑާ އަވަށަށް ނިސްބާ 21 އަހަރުގެ މީހެއްހެ ހައިހައި އެރަށު ފަރެސް އަށް އަށް ނިސްބަތްވާ ހަތަރު މީހަކު ވެގެން ތަޅާ މާރާމާރީ ހިންގާފައިވާ ކަމަށެވެ. މި ހާދިސާ ގައި އަނިޔާ ލިބުނު 21 އަހަރުގެ މީހާ އަށް ސީރިޔަސް އަނިޔާ އެއް ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ.

ފަރެސްމާތޮޑާ ކައުންސިލް މެމްބަރު އިބްރާހިމް ސަބާޙު މިރޭ "ސަން" އަށް ވިދާޅުވީ އެމީހާ އަށް ހަމަލާދީފައިވަނީ ކޯރާޑިއަކާއި ދަގަނޑު ބުރިއަކުން ކަމަށެވެ. އަދި އާއިލާގެ އެދުމުގެ މަތިން މިއަދު ހެނދުނު އިތުރު ފަރުވާ އަށް މާލެ ފޮނުވާފައިވާ ކަމަށްވެސް ކައުންސިލަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމީހާ ގައިގެ އެކި ތަންތަނުގައި ކޯރާޑީއާއި ދަނގަޑުބުރިން ތަޅާފައިވާ ކަމަށެވެ. އެގޮތުން ބޮލުގައި ރެދުލާ ގައިގެ އެކި ތަންތާގައި ހަމަލާ ދިން ކަމުގެ ނިޝާން ފެންނަން އެބަހުރި ކަމަށް ސަބާހު ކިޔާދިނެވެ.

ރަށު ތެރެއިން ވާހަކަ ދެކެވޭ ގޮތުގައި މިހާދިސާ ހިނގާފައިވަނީ ކުރިން ހިނގާފައިވާ ކަމެއްގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ސަބާހު ވިދާޅުވިއެވެ.

ފުލުހުން މިރޭ ބުނީ، އެ މާރާމާރީ އާ ގުޅިހެން ތުހުމަތު ކުރެވޭ ހަތަރު މީހަކު ފިލައިގެން އުޅެނިކޮށް ކޯޓު އަމުރެއްގެ ދަށުން މިރޭ 7:05 އެހާކަށް ހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ، ފުލުހުންގެ ޕޮލިސް ސްޓޭޝަން ނުހުންނަ ގދ. ނަޑެއްލާގައި ފިލައިގެން އުޅެނިކޮށްކަމަށް ފުލުހުން ބުންޏެވެ.

https://sun.mv/116298

comment ކޮމެންޓް