ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނެސްފި

ރައީސް ޔާމީން: އެމަނިކުފާނު މިހާރު ވަނީ އައިޖީއެމްއެޗަށް ގެނެވިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އައިޖީއެމްއެޗަށް ގެނެސްފި އެވެ.

ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނެވިފައިވާކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ "ސަން" އަށް ކަށަވަރުކޮށްދެއްވާފައެވެ.

ލުގުމާން ވިދާޅުވީ ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނެސްފައި ވަނީ ޑޮކްޓަރަށް ދެއްކުމަށް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނެސްފައި ވަނީ މިރޭ 7:10 އެހައިކަންހާއިރު ކަމަށެވެ.

ބޮޑީ ޗެކަޕެއް ހެދުމަށް މިދިޔަ މަހުގެ 20 ވަނަ ދުވަހުވެސް އެމަނިކުފާނު އައިޖީއެމްއެޗަށް ގެނައެވެ.

މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން ރައީސް ޔާމީން ބަންދުގައި ބަހައްޓަން ނެރުނު އަމުރު މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

comment ކޮމެންޓް