ޖަޕާނު އަންހެނެއް 17 މިނިޓުތެރޭ 300 ނޫޑުލްސްތަށި ކާލައިފި

ޖަޕާނު އަންހެނެއް 300 ނޫޑުލްސްތަށި އެންމެ 17 މިނިޓްތެރޭގައި ކާލައިފި އެވެ. އޭނާ މިކަން ކުރީ ދަ ސޯބާ ނޫޑުލް ޗެލެންޖް ފުރިހަމަ ކުރުމުގެ ގޮތުންނެވެ. މި ޗެލެންޖް ކުރިއަށްދަނީ ޖަޕާނުގެ ޓޮހޫކޫ ސަރަހައްދުގައި ހުންނަ ރެސްޓޯރެންޓެއްކަމުގައިވާ އަޒޫމަޔާގައެވެ.

މި ރެސްޓޯރެންޓް ހުޅުވުނީ މީގެ 111 ވަރަކަށް އަހަރުކުރިންނެވެ. ކުދި "ބައިޓް ސައިޒް"ގައި ހުންނަ މި ނޫޑުލްސްއަކީ އުތުރު ޖަޕާނުގެ މި ސަަރަހައްދުގައި މަޝްހޫރު ކެއުމެކެވެ.

އަޒުމަޔާގައި ނޫޑުލްސް ސާރވް ކުރެވޭގޮތް

ސީއެންއެންއިން އާންމުކޮށްފައިވާ ވީޑިއޯއެއްގައި ފެންނަ ގޮތުން މި ރެސްޓޯރެންޓްގައި، އެމީހަކު ބޭނުންވާ ވަރަކަށް ނޫޑުލްސް ކެއުމަށް ހޭދަކުރަންޖެހެނީ ގާތްގަނޑަކަށް އެންމެ 35 ޑޮލަރެވެ.

ޕޯޝަންސައިޒްކިތަންމެ ކުޑަނަމަވެސް، މިއީ ކުރަން އެހާ ފަސޭހަކަމެއް ނޫންކަމަށް ގިނަ ބަޔަކު ބުނެ އެވެ. ވެންކޯ ސޯބާގެ ނަން ވެސް ދެވިފައިވާ މިކަމަކީ އެ ސަރަހައްދުގެ ގިނަ ބައެއްގެ މެދުގައި މަގްބޫލްކަމެކެވެ.

ނޫޑުލްސް ކެއުމަށް ތަށިތައް ތައްޔާރުކުރެވިފައި

އަޒޫމަޔާ ރެސްޓޯރެންޓްގައި މި ނޫޑުލްސް ތައްޔާރުކުރުމަށް މަހެއްގެ މައްޗަށް ހަތަރު ޓަނުގެ ފުށް ބޭނުންކުރެވެ އެވެ.

މި ޗެލެންޖްގައި މިހާތަނަށް ހެދިފައިވާ އެންމެ ބޮޑު ރެކޯޑަކީ 570 ތަށި ނޫޑުލްސް އެވެ.

comment ކޮމެންޓް