އެސްބީއައި ހެޑް ބޭންކުން 1.2 ބިލިއަން ޑޮލަރުގެ ހިޔާނާތެއް ފެންމަތިވެއްޖެ

އެސްބީއައިގެ ބްރާންޗެއް --

ވޭތުވެ ދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ހެޑް ބޭންކް އެކައުންޓްތަކުން 79.51 ބިލިއަން ރުޕީސް (1.12 ބިލިއަން ޑޮލަރު) އަށް ހިޔާނަތްވެފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

އިންޑިއާ ސަރުކާރުގެ މައި ބޭންކް، އެސްބީއައިއާ ހަވާލާދީ ރޮއިޓާ އިން އިއްޔެ ބުނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހޯދި މައުލޫމާތުން އެނގޭ ގޮތުގައި ހިޔާނާތުގެ 1،885 ކޭހެއް ފެންމަތިވެފައިވާ ކަމަށެވެ. ނަމަވެސް އެ ކަމުގެ ސަބަބުން ކަސްޓަމަރުންނަށްވީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް އެސްބީއައިއަކުން ނުބުންޏެވެ.

އެސްބީއައިއަކީ އިންޑިއާގައި އެސެޓްސް އަށް އެންމެ ގިނައިން ލޯން ދޫކުރާ ބޭންކެވެ. އެ ބޭންކުން ބުނީ އެ ހިޔާނާތް ހިންގާފައި ވަނީ ތަންކޮޅެއް މަތީ ފަންތީގެ އަދި އެހާ ބޮޑަށް އޮޕަރޭޓް ނުކުރާ އެކައުންޓްތަކުން ކަމަށެވެ. އަދި ބުނީ އޭގެ ތެރެއިން ބޮޑު ބައެއް ކުރިން ހަމަޖައްސާފައިވާ ކަމަށެވެ.

އިންޑިއާގެ ބޭންކުތައް ވަނީ ވަރަށް ބޮޑަށް ބަލަން ފަށައިފަ އެވެ. އެއީ ޕަންޖާބުގެ ސްޓޭޓުން ހިންގާ، ޕަންޖާބު ނޭޝަނަލް ބޭންކުން ދެ ބިލިއަން ޑޮލަރުގެ ހިޔާނާތެެއް ފަޅާ އެރުމުންނެވެ.

comment ކޮމެންޓް