ހެލިކޮޕްޓަރެެއް ވެއްޓި ނޭޕާލްގެ ޓޫރިޒަމް މިނިސްޓަރު އަވަހާރަވެއްޖެ

ނޭޕާލްގެ ޓޫރިޒަމް މިނިސްޓަރު ރަބިންދުރަ އަދިކާރީ--

ހެލިކޮޕްޓަރެއް ވެއްޓި ނޭޕާލްގެ ޓޫރިޒަމް މިނިސްޓަރު ރަބިންދުރަ އަދިކާރީ އަވަހާރަވެއްޖެއެވެ.

ނޭޕާލްގެ ޓޫރިޒަމް މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ އެ ހާދިސާގައި އިތުރު ހަ މީހަކުވެސް މަރުވެފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގައިފައިވަނީ އިއްޔެ މެންދުރު ޕްރައިވެޓް ހެލޮކޮޕްޓަރެއްގައި މިނިސްޓަރު ނޭލާޕްގެ އިރުމަތީ ސްޓޭޓެއް ކަމަށްވާ ތަޕްލެޖުންގްއިން ތެރަތުމްއަށް ދަތުރުކުރައްވަމުން ދަނިކޮށް ޖަންގައްޔަކަށް ބޯޓު ވެއްޓިގެންނެވެ. މަރުވި މީހުންގެ ހަށިތައް މިހާރު ފެނިފައިވާ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

ނޭޕާލްގެ ނޫހެއް ކަމަށްވާ ކަތްމަންޑޫ ޕޯސްޓުން ބުނީ އެ ހާދިސާ ހިނގުމާއެކު ބޮޑޫ އަލިފާންގަނޑެއް ފެނިގެން ދިޔަ ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރުމަހުވެސް ނޭޕާލްގެ ހެލޮކޮޕްޓަރެއް ވެއްޓި ހަ މީހުން ވަނީ މަރުވެފައެވެ.

ނޭޕާލްގެ ވައިގެ އުދުހުންތަކުގެ ރައްކާތެރިކަމާމެދު އަބަދުވެސް ސުވާލު އުފައްދައެވެ. އެކަމާ ހުރެ ޔޫރަޕްގެ ވައިގެ ސަރަހައްދުތަކުގައި ނޭޕާލްގެ އެއާލައިންގެ ބޯޓުތައް އުދުހުން އޮންނަނީ މަނާވެސް ކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް