ޓީއެފްޖީ ރަނިން ރަންގެ ބިބް ދޫކުރުން މިއަދާއި މާދަމާ

ރަނިން ރަން"ގެ ބައިވެރިންނަށް ބިބް ދޫކުރުމަށް ބާއްވާ އެކްސްޕޯ މިއަދާއި މާދަމާ އޮންނާނެ - -

އަންހެނުން ކަސްރަތަށް ހޭލުންތެރި ކުރުވައި ކަސްރަތުގެ މުހިންމުކަން އަންގައި ދިނުމަށް އަންހެނުންނަށް ހާއްސަކޮށްގެން ޓީއެފްޖީ އިން ބާއްވާ "ރަނިން ރަން"ގެ ބައިވެރިންނަށް ބިބް ދޫކުރުމަށް ބާއްވާ އެކްސްޕޯ މިއަދާއި މާދަމާ އޮންނާނެ އެވެ.

ބިބް އެކްސްޕޯ އޮންނާނީ ޓީއެފްޖީ ބިލްޑިންގްގެ ފުރަތަމަ ފަންގިފިލާގަ އެވެ. ބިބް ދޫކުރާނީ ހެނދުނު 10 އިން ރޭގަނޑު އަށަކަށެވެ. އެކްސްޕޯގެ ތެރެއިން ރަނިން ރަން އިވެންޓުގެ ޓީޝާޓު ވެސް ވިއްކާނެ އެވެ. ޓީޝާޓުގެ އަގަކީ 150 ރުފިޔާ އެވެ.

މާޗު އެކެއްގައި ހުޅުމާލޭގައި ބާއްވާ ރަނިން ރަންގެ ޓައިޓްލް ސްޕޮންސާއަކަށް ހަމަ ޖައްސާފައި ވަނީ ކެއާ ސޮސައިޓީ އެވެ.
ދުވުންތެރިން ދުވުމަށް ރެޖިސްޓްރީވާން ދައްކާ ފީ އިން 20 ޕަސެންޓް ކެއާ ސޮސައިޓީއަށް ހަދިޔާ ކުރާނެ އެވެ. އަދި ޓީޝާޓު ވިއްކައިގެން ލިބޭ ރުފިޔާގެ 26 ޕަސެންޓް ވެސް ކެއާ ސޮސައިޓީއަށް ހަދިޔާ ކުރާނެ އެވެ.

ބިބް އެކްސްޕޯ ކުރިއަށް ދާއިރު މިއަދު މެންދުރު 2:30ގައި ކެއާސޮސައިޓީ ދަރިވަރުންގެ ހާއްސަ މެގަޑާންޒް ހަރަކާތެއް އޮންނާނެ އެވެ. މެގަ ޑާންޒް އަކީ އެކި ސްޓައިލްތަޖުގެ ނެށުންތައް އެއްކޮށްލައިގެން ނަށާ ނެށުމެކެވެ. ޓީއެފްޖީ އިން ބުނީ ބިބް އެކްސްޕޯ ކުރިއަށް ދާއިރު އެތަނުގައި ޑޮނޭޝަން ފޮއްޓެއް ހުންނާނެ ކަމަށާއި ކޮންމެ މީހަކަށް ވެސް އެފޮށި މެދުވެރިކޮށް ކެއާސޮސައިޓީ އަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.

"ރަނިން ރަން" އެ ނަން ރަން އަށް ދެވުނީ އަންހެނުންނަށް ނިސްބަތްކޮށް ރަނިން ބޭނުންކޮށްގެން ކަމަށް ޓީއެފްޖީ އިން ބުނެ އެވެ. އަދި އެ ރަންގެ ހުރިހާ ކަމެއްގައި އުޅޭނީ އަންހެނުން ކަމަށް ޓީ އެފްޖީއިން ބުންޏެވެ. ރަނިން ރަންގައި ދުވާނީ ހަތް ކިލޯ މީޓަރަށެވެ.

ރަނިން ރަންގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.

comment ކޮމެންޓް