ބޯކޮށް ވާރޭވެހި ގަމުގެ ގޭގެއަށް ފެން ވަންނަނީ

ގަމުގައި ފެންބޮޑުވެފައި -- ފޮޓޯ: ފުލުހުން

ލ. އަތޮޅަށް ކުރަމުންދާ ވިއްސާރާގައި އެއަތޮޅު ގަމުގެ ބައެއް ގޭގެއަށް ފެން ވަދެއްޖެއެވެ.

ފުލުހުން ބުނީ އެރަށުގެ 10 ގެއަކަށް ފެން ވަދެގެން ރިޕޯޓު ކޮށްފައިވާ ކަމަށެވެ. ފެން ހިއްކުމުގައި ލ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އެރަށު ކައުންސިލްގެ މެންބަރަކު ސަން އަށް ވިދާޅުވީ މިއަދު ހެނދުނުން ފެށިގެން އެރަށަށް ވިއްސާރަ ކުރަމުންދާ ކަމަށެވެ.

"8:30 އިން ފެށިގެން ވާރޭ ވެހެނީ ކަނޑައިގެން ނުގޮސް،" ކައުންސިލްގެ މެންބަރު ވިދާޅުވިއެވެ.

ގަމަށް ކުރަމުންދާ ވިއްސާރަ-- ފޮޓޯ: ކައުންސިލް

ގަމަށް ކުރަމުންދާ ވިއްސާރަ-- ފޮޓޯ: ކައުންސިލް

މޫސުން ގޯސްވެ ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މ. އަތޮޅާއި ލ. އަތޮޅާދެމެދަށް ވަނީ ޔެލޯ އެލާޓުވެސް ނެރެފައެވެ.

comment ކޮމެންޓް