ވިޔަފާރިތަކަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮންވެންޝަނެއް ފަށައިފި

ބިޒްނަސް ކޮންވެންޝަން ފެށުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ވިޔަފާރިތަކަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮންވެންޝަނެއް ފަށައިފިއެވެ.

މިއަދާ މާދަމާ ދަރުބާރުގޭގައި ކުރިއަށްދާނެ މި ކޮންވެންޝަން ފައްޓަވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ.

ކޮންވެންޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ކޮންވެންޝަނުގެ އެއް މަގުސަދަކީ އިގުތިސޯދަށް ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން ސީދާ ވިޔަފާރިވެރިންނާއި ވާހަކަ ދެއްކުން ކަމަށެވެ. ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތައް އެބަހުރިކަން ސަރުކާރަށް އެނގޭ ކަމަށާއި އެ ގޮންޖެހުންތަކާ ގުޅޭގޮތުން މި ކޮންވެންޝަނުގައި މަޝްވަރާ ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގޭ، މިސަރުކާރަށް އެނގޭ ބޮޑެތި ގޮންޖެހުންތައް ވިޔަފާރިތަކަށް ހުރިކަން. އެއީ ސަރުކާރުގެ ތެރެއިން ވިޔަސް، ޖުޑިޝަރީގެ ތެރެއިން ވިޔަސް އަދި އާންމުކޮށް ކަންކަން ރޭވިފައި ހުރިގޮތުން ވިޔަސް،" މިނިސްޓަރު ވިދާޅުވިއެވެ.

ބިޒްނަސް ކޮންވެންޝަން ފެށުމުގެ ރަސްމިއްޔާތު ----- ސަން ފޮޓޯ: ފަޔާޒު މޫސާ

"މި ކޮންވެންޝަނުގެ އެންމެ މުހިއްމު އެއް ބޭނުމެއް ކަމުގައި އަޅުގަނޑު ދެކެނީ މި ވާހަކަތައް ލިޔުމަށް ނެގި، މިތަނުން ނެރޭ ޕޭޕަރަކީ ސަރުކާރާއި ވިޔަފާރިވެރިން ގުޅިގެން އެއްޗަކަށް ހެދުން،" ސަރުކާރުގެ އަމާޒަކީ ވިޔަފާރިވެރިންނާއި ގުޅިގެން އެއް އަމާޒަކަށް މަސައްކަތް ކުރުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ވިޔަފާރިވެރިންނަށް ހުރި ގޮންޖެހުންތަކުގެ ވާހަކަ ދެއްކުމަށް ކޮންވެންޝަނުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށާއި، ދައްކާ ވާހަކައެއްގެ ސަބަބުން އިތުރު ދައްޗެއް ކުރިމަތި ނުވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮންވެންޝަނަކީ ކާމިޔާބު އިވެންޓަކަށް ހެދުމަށް ހަގީގީ ހިޔާލުތައް ހިއްސާ ކުރުމަށް ވެސް މިނިސްޓަރު އެދިލެއްވިއެވެ. ކޮންވެންޝަނުގައި ބައިވެރިވި ބަައިވެރިން އުއްމީދު ކުރެއްވި ވަރަށްވުރެ މަދުކަން ފާހަގަ ކުރައްވާ މިނިސްޓަރު ވަނީ ކަންކަން ހައްލު ކުރުމަށް ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން ފާހަގަ ކުރައްވައިފައެވެ.

ބިޒްނަސް ކޮންވެންޝަނުގައި ވާޗުއަލް ކެމްޕަސް ޓެކްނޮލަޖީ ބޭނުންކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުން ބަައިވެރިން ވާހަކަ ދައްކާ ހިޔާލު ފާޅުކުރާނެއެވެ.

ބިޒްނަސް ކޮންވެންޝަނުގެ ތެރެއިން ނޮލެޖު ހަބެއް ވެސް މިއަދު ވަނީ ހުޅުވައިފައެވެ. މި ނޮލެޖު ހަބު މެދުވެރިކޮށް ވިޔަފާރިތަކުންނާއި ކުންފުނިތަކުން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ދޭނެއެވެ.

މި ކޮންވެންޝަނުގައި ޚިޔާލު ހޯދާނެ ދާއިރާތަކުގެ ތެރޭގައި

  • ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމަށް ގައުމީ ފެންވަރުގައި ކުރެވިދާނެ ކަންތައްތައް
  • މަސައްކަތްތެރީންނާއި އިގްތިޞާދު
  • ކުދި އަދި މެދު ފަންތީގެ ވިޔަފާރި
  • ދަނޑުވެރިކަމުގެ ދާއިރާއިންފޮމޭޝަން ކޮމިއުނިކޭޝަން
  • ޓެކްނޮލޮޖީގެ ވިޔަފާރިގެ ދާއިރާ ތަރައްގީކުރުން
  • އަންހެން ވިޔަފާރިވެރިން
  • ދިވެހިރާއްޖޭގެ ޓެކްސް ނިޒާމް
comment ކޮމެންޓް