ބްރޫނާއީން ރާއްޖެއަށް ދިން ސްކޮލަޝިޕްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

ހައި އެޗީވާސް ސްކޮލަޝިޕް ހާސިލްކުރި ދަރިވަރަކަށް އެޑިއުކޭޝަން މިނިސްޓަރު އެވޯޑް އަރުވަނީ---ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ބްރޫނާއީގެ ސަރުކާާރުން ރާއްޖެއަށް ދިން ސްކޮލަޝިޕްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްރީން ބުނީ ބްރޫނާއީގެ ހަތަރު ޔުނިވާސިޓީއެއްގައ ޑިގްރީ އަދި މާސްޓާސް ފެންވަރަށް ކިޔެވުމުގެ ފުރުސަތު ރާއްޖޭގެ ދަރިވަރުންނަށް ހުޅުވާލައިފައިވާ ކަމަށެެވެ.

ބްރޫނާއީގެ އެކި ޔުނިވާސިޓީތަކުގައި ރާއްޖޭގެ ދަރިވަރުން މިހާރުވެސް ދަނީ ކިޔަވަމުންނެވެ.

އަދި އެ ޔުނިވާސިޓީތަކުން ހުޅުވާލައިފައިވާ ކޯސްތަކަށް އެ ސްކޮލޮޝިޕް ސްކީމްގެ ދަށުން ރާއްޖޭގެ ދަރިވަރުންނަށް ކިޔެވޭނެ ކަަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އެ ސްކޮލަރޝިޕްގެ ދަށުން ހުރިހާ ޚަރަދެއް ދެއްވުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕް ދޭ ފަރާތުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އަދި ބުނީ އެ ސްކޮލަރޝިޕްގެ ދަށުން ކޯސް ހަމަޖެހޭ ފަރާތްތަކުގެ ކިޔެވުން ފެށުމަށް ހަމަޖެހިފަވަނީ މިއަހަރުގެ ޖުލައި ނުވަތަ އޮގަސްޓްހ ހިސާބުގައި ކަމަށެވެ.

ސްކޮލަޝިޕްތައް ހުޅުވާލި ޔުނިވާސިޓީތައް

  • ޔުނިވަރސިޓީ ބުރުނާއީ ދާރުއްސަލާމް (ޔޫ.ބީ.ޑީ)
  • ޔުނިވަރސިޓީ އިސްލާމް ސުލްތާން ޝަރީފް އަލީ (ޔޫ.އެން.އައި.އެސް.އެސް.އޭ)
  • ޔުނިވަރސިޓީ ޓެކްނޮލޮޖީ ބުރުނާއީ (ޔޫ.ޓީ.ބީ)
  • ޕޮލިޓެކްނިކް ބުރުނާއީ (ޕީ.ބީ)

އެ ކޯސްތަކަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 08:30 ގެ ކުރިން އެޕްލިކޭޝަންއާއި އެހެނިހެން ލިޔެކިޔުންތައް މިނިސްޓްރީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް