ސީފުޑް ކެއުމުން، ދިވެހި ޒުވާނަކު ސީރިއަސް ހާލަތުގައި

އޭޑީކޭ ހޮސްޕިޓަލް -- ފޮޓޯ/ އޭޑީކޭ

ސީފުޑް އެކުމުން ދިވެހި ޒުވާން އަންހެނެއްގެ ހާލު ސީރިއަސް ވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގއ. ދާންދޫ ދާއިރާގެ މެމްބަރު، އަހުމަދު އައްސަދުގެ ދޮށީ ދަރިކަނބަލުން ފާތިމަތު ހަނާ، 24، މާލޭގެ ނަން މަޝްހޫރު ރެސްޓޯރެންޓަކުން ސީފުޑް ކެއުމުން ހާލު ސީރިއަސްވެ ހުކުރު ދުވަހުގެރޭ ވަނީ އޭޑީކޭގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފައެވެ.

އެނގިފައިވާ ގޮތުގައި ސީ ފުޑް އަޅާފައި ހުރި ކާނާ ކޭތާ މާ ގިނައިރުތަކެއް ނުވެ އެލާޖިކްގެ އަސަރު ހަނާގެ ހަށިގަނޑުން ވަނީ ފެނިފައެވެ. އެއާއެކު އައިޖީއެމްއެޗުގައި ހުންނަ އެސްޓީއޯ ފާމަސީ އަށް ގޮސް، އެލާޖީ ބޭހެއް ނަގައިގެން ގެއަށް ދިޔަ ފަހުން ހާލު ސީރިޔަސްވީ އެވެ.

އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ އެލާޖީ ބޭސް ކެއުމުންވެސް ހަލު ސީރިއަސްވާތީ ކަމަށް އައްސަދު މިރޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދަރިފުޅުގެ ހާލު ސީރިއަސްވީ ފަރުވާ ކުރުން ލަސްވެގެންނެވެ. ހަނާގެ ހާލު ސީރިއަސްވެ ޑޮކްޓަރުން ވަނީ އުއްމީދުވެސް ކަނޑާލައިފައެވެ.

"މިހާރު އޮތީ ދުއާ ކުރުން. ޑޮކްޓަރުން ވަނީ އުއްމީދު ކަނޑާލާފައި،" އައްސަދު ސަން އަށް ވިދާޅުވިއެވެ. ހަނާ އަކީ ކުރިންވެސް ސީފުޑް އަށް އެލާޖިކުވާ ކުއްޖެއްކަމަށާއި އެލާޖިކުވާކަން އެނގިވެސް ހަނާ ކެއީ، އެ ކާހިތްވެފައި ހުރިލެއް ބޮޑުކަމުން ކަމަށް އައްސަދު ވިދާޅުވިއެވެ.

"ރެސްޓޯރެންޓުގެ މައްސަލައެއް ނެތްކަމަށް ބުނެވޭނީ. ހަނާއާއެކު ކެއުމުގައި ބައިވެރިވި އެހެން ކުދިންނަށް އެއްވެސް ކަމެއް ދިމާނުވޭ،" ހަނާގެ ހާލު ސީރިއަސްވެ އުއްމީދު ކަނޑާލާފައިވާއިރު އޭނާ ދިޔައީ ކައިވެންޏަށް ތައްޔަރުވަމުން ކަމަށް ވަނީ އެނގިފައެވެ.

comment ކޮމެންޓް