ހުވަދޫ އަތޮޅަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވުން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުވަދޫ އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ބުނީ އެ ހިސާބުތަކަށް ވިއްސާރަކޮށް އޭގެ ތެރެއިން ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.

ރާއްޖޭގެ ދެކުނަށް ވިއްސާރަ ކަމަށާއި މެދުތެރޭ އަތޮޅުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް މަޑުވާނެ ކަމަށް މެޓުން ބުންޏެވެ.

މެޓުން ބުނީ މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭއިރު އެހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

ހުވަދޫ އަތޮޅަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 7:35 އިން 11:00 އަށެވެ.

comment ކޮމެންޓް