މޫދަށް އެރި އުޅުނު ތުރުކީ މީހަކު ގެނބިގެން މަރުވެއްޖެ

ކ. މާފުށި

ކ. މާފުށީގައި މޫދަށް އެރި އުޅެނިކޮށް މިއަދު ތުރުކީއަށް ނިސްބަތްވާ މީހަކު ގެނބިގެން މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މަރުވެފައި ވަނީ އުމުރުން 40 އަހަރުގެ ތުރިކީގެ ރައްޔިތެއް ކަމަށެވެ. އަދި އޭނާ މާފުށީ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް ވިދާޅުވި އެވެ.

އޭނާ އަކ މާފުށި ކައިރީގައި ތަރައްގީ ކުރަމުން އަންނަ ރިސޯޓެއްގައި މަސައްކަތް ކުރާ މީހެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އެ މީހާ ދިރިއުޅެނީ މާފުށީގަ އެވެ. އަދި އޭނާ މަރުވެފައި ވަނީ މާފުށީ މޫދަށް އެރި އުޅެނިކޮށެވެ.

ފަހަކަށް އައިސް ފަތުރުވެރިން ގެނބިގެން މަރުވާ މައްސަލަތައް ވަނީ ގިނަވެފަ އެވެ. އެފަދަ މައްސަލަތައް ގިނަވެފައި ވަނިކޮށް ސަރުކާރުން ވަނީ ފަތުރުވެރިން ބައިތިއްބާ ތަންތަނުގެ އިންސްޕެކްޝަނެއް ފަށައިފަ އެވެ.

comment ކޮމެންޓް