ޑިންގީއެއް ބަންޑުން ޖަހާލައި އަންހެނަކު ގެއްލިއްޖެ

މޫސުން ގޯސް ދުވަހެއްގައި ލޯންޏެއް ދުއްވަނީ: މިރޭ ލ. ކައްދޫ އިން މާމެންދޫ އަށް ތިން މީހުނާއި އެކު ދަތުރުކުރަމުންދިޔަ ޑިންގީއެއް ބަންޑުން ޖަހާލައި އޭގައި އިން އަންހެނަކު ވަނީ ގެއްލިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލ. ކައްދޫ އިން ފުރައިގެން އެއަތޮޅު މާމެންދުއަށް ދެ މީހުންނާއެކު ދަތުރުކުރަމުންދިޔަ ޑިންގީއެއް ބަންޑުން ޖަހާލައި އެއިން ދަތުރުކުރި އަންހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 21:30 ގައި ކަމަށާއި ގާދޫ ކަނޑުއޮޅިއަށް ޑިންގީ ބަންޑުންޖަހާލިއިރު އޭގެން ދަތުރުކުރަމުންދިޔައީ އަންހެނަކާއި ފިރިހެނެއް ކަމަށެވެ.

ޑިންގީ ބަންޑުން ޖަހާލުމުން ފިރިހެން މީހާ ވަނީ ފަތާފައި ކައިރީގައި އޮތް ސިކްސް ސެންސް ރިސޯޓަށް އަރާފައި ކަމަށް ފުލުހުން ބުންޏެވެ. އަދި އަންހެން މީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާގެ ސިފައިން ކުރަމުން އަންނަ ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ގެއްލިފައި ވަނީ 19 އަހަރުގެ އަންހެނެއް ކަމަށެވެ.

comment ކޮމެންޓް