ހުޅުމާލޭގައި މާރާމާރި ހިންގައި މީހަކު ޒަހަމްކޮށްލައިފި

ފެބްރުއަރީ 2، 2019: ހުޅުމާލެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ މިއަދު 07:10 އެހާކަންހާއިރު ހުޅުމާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފަިއވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ މާރާމާރީގައި އަނިޔާވެފައި ވަނީ 33 އަހަރުގެ ފިރިހެނަކަށް ކަމަށާއި އޭނާގެ އަތާއި ބޮލަށް އަދި މެޔަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭނާ އަށް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ އިރު އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.

comment ކޮމެންޓް