ހާލަތާ ނުބައްދަލު މިންވަރަށް ފުލުހުން ބާރުގެ ބޭނުންކުރާ މައްސަލަތައް ބަލާނަން: ހަމީދު

އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދު -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އާންމުނާ މެދު، ހާލަތާ ނުބައްދަލު މިންވަރަށް ފުލުހުން ބާރު ބޭނުން ކުރާ މައްސަލަތައް ބައްލަވާނެ ކަމަށް އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުން ހާލަތާ ނުބައްދަލު މިންވަރަށް ބާރު ބޭނުން ކުރާ ވާހަކައަކީ މިހާރު އާންމުން އެ ވާހަކަ ދައްކާތާ ގިނަ ދުވަސްތަކެއް ވެފައިވާ ވާހަކައެއް ކަމަށެވެ.

އޭނާ ވިދާޅުވީ، ފުލުހުން ނުބައްދަލު ބާރުގެ ބޭނުންކޮށްގެން އާންމުންނާއި ކުރިމަތިލާފައިވާ ހުރިހާ މައްސަލައެއް ބަލަން ފުލުންގެ އިދާރާގެ ތެރޭގައި ކަނޑައަޅާފައި ހުންނަ ނިޒާމުތައް ބޭނުން ކުރައްވާނެ ކަމަށެވެ.

އޭނާ އެގޮތަށް ވިދާޅުވެފައިވާ އިރު، ކުރީގެ ރައީސް އަބުދުﷲ ޔާމީން މިއަދު އައިޖީއެމްއެޗަށް ގެންދިޔުމުން، އެތަނަށް އެއްވި އެމަނިކުފާނުގެ ސަޕޯޓަަރުންގެ ގަޔަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހައިފަ އެވެ. އެކަމާ ގުޅިގެން ޕީޕީއެމް އަދި ޕީއެންސީގެ ބޭފުޅުން ވަނީ އެތަނުގައި ފުލުހުންނަށް ފާޑުކިޔައިފަ އެވެ.

comment ކޮމެންޓް