ޑިފެންސް މިނިސްޓްރީގެ ނައިބަކަށް ބޭފުޅަކު އައްޔަން ކޮށްފި

ސިފައިން: ޑިފެންސް މިނިސްޓްރީގެ ނައިބަކަށް ހަސަން ޒަމީލު ވަނީ ހަމަޖައްސަވައިފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޑިފެންސް މިނިސްޓްރީގެ ނައިބަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭފުޅަކު ހަމަޖައްސަވައިފި އެވެ.

ރައީސް ސޯލިހް މިއަދު އެމަގާމަށް އައްޔަން ކުރެއްވީ ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ހަސަން ޒަމީލެވެ.

ގާނޫނީ ދާއިރާ އިން މާސްޓަސް ހާސިލް ކުރައްވާފައިވާ ޒަމީލު ވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗާގެ ޑެޕިއުޓީ ޑިރެކްޓަރު ކަން ވެސް މީގެ ކުރިން ކުރައްވައިފަ އެވެ.

އޭނާ ވަނީ ޑރ. ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ޓެންޑާ އިވެލުއޭޝަން ބޯޑުގެ މެމްބަރުކަން ވެސް ކުރައްވައިފަ އެވެ.

comment ކޮމެންޓް