މަތީ ތައުލީމުގެ ހިދުމަތް ދިނުމަށް އެވިޑާއެކު ހަޔާ އެޑިއުކޭޝަނުން ސޮއިކޮށްފި

މަތީ ތައުލީމުގެ ހިދުމަތް ދިނުމަށް އެވިޑާއެކު ހަޔާ އެޑިއުކޭޝަނުން ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެވިޑް ކޮލެޖް

މަތީ ތައުލީމްގެ ހިދުމަތް ރާއްޖޭގައި ފުޅާކޮށް ދިނުމަށް އެވިޑް ކޮލެޖާއެކު، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު އެއްބަސްވުމެއްގައި ސޮއިކޮއްފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަަސްމިއްޔާތުގައި އެ އެއްބަސްވުމުގައި އެވިޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖުގެ ޗެއާމަން އަބްދުﷲ މުޝްތާގެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވި އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޑރ. އަބްދުއް ރަހީމް ހަސަންއެވެ،

އެވިޑާއެކު ހަޔާ އެޑިއުކޭޝަނުން މިއަދު ސޮއިކުރިއިރު، ސަރުކާރުގެ ދެ ޔުނިވާސިޓީގައި ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވޭނެގޮތް ހަދައި އަދި ޕްރައިވެޓް ކޮލެޖުތަކުގެ ޑީގްރީގެ ކޯސްފީގެ ބޮޑުބައެއް ދައްކައިދޭގޮތަށް ވަނީ ނިންމައިފިއެވެ.

އެގޮތުން ޕްރައިވެޓް ކޮލެޖުތަކުންވެސް ރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ކޯސްތަކުގެވެސް ބޮޑު ބައެއް ސަރުކާރުން ދައްކާދޭނެ ކަަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ޕްރައިވެޓް ކޮލެޖުތަކުން ޓިއުޝަންފީ ކަވަރުކުރާ މިންވަރު:

  • 62 ކޯހަކުން - 100 ޕަސެންޓް ޓިއުޝަންފީ
  • 17 ކޯހަކުން - 80 -99 ޕަސެންޓް ޓިއުޝަންފީ
  • 32 ކޯހަކުން - 60 - 80 ޕަސެންޓް ޓިއުޝަންފީ
  • 41 ކޯހަކުން - 40 - 60 ޕަސެންޓް ޓިއުޝަންފީ

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ފުރަތަމަ ޑީގްރީއަށް ހިލޭ ކިޔެވުމުގެ ފުުރުސަތު ދޭނީ އެކަމަށްއެދި ދަރިވަރު ފޯމަކުން ހުށަހެޅުމުން ކަމަށެވެ. އަދި ދަރިވަރު ކިޔަވާ ކޮލެޖުންވެސް އެކަމަށް އެދި ލިޔުންތައް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަަމަަށްވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

އަދި ބުނީ އެ ސްކީމްގެ ދަށުން ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބޭނީ އަލަށް ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް އެކަނި ކަމަށެވެ.

comment ކޮމެންޓް