108 ސައިކަލާއި 58 ކާރު ނައްތާލުމުގެ މަސައްކަތް ފަށައިފި

ގަވައިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަދުތައް ނައްތާލުމުގެ މަސައްކަތް ފުލުހުން ކުރަނީ -- ފޮޓޯ ފުލުހުން

ގަވައިދާ ހިލާފަށް ޕާކްކޮށްފައިވާ 108 ސައިކަލާއި 58 ކާރު ނައްތާލުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން ބުނީ މި އުޅަދުތަކަކީ ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވުމާ ގުޅިގެން އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ އުޅަދުތަކެއް ކަމަށެވެ.

އެގޮތުން އެއުޅަދުތައް ނައްތާލަނީ ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ހުރިހާ މަރުހަލާއެއް ފުރިހަމަ ކޮށްފައިކަމަށް ފުލުހުން މައުލޫމަތުދެއެވެ.

އޭގެ ތެރެއިން ބައެއް އުޅަދުތައް މިހާރުވެސް ވަނީ ނައްތާލައިފައެވެ. މިހާތަނަށް ނައްތާލެވުނު އުޅަދުތަކާއި ނައްތާނުލެވި ހުރި އުޅަނދުތައް ނައްތާލުމަޓަކައި ނައްތާލުމަށްމިހާރު ތިލަފުއްޓަށް ގެންދިޔުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ފުލުހުން ބުންޏެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫގައިވާ ގޮތުން ގައިވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދެއް ފުލުހުން ކަފު ޖެހުމަށްފަހު، އެ އުޅަނދެއްގެ ވެރިފަރާތުން އެ އުޅަނދަކާ ހަވާލުނުވެ ތިން މަސްދުވަސް ވުމުން އެ އުޅަނދަކާބެހޭ މައުލޫމަތު އާންމުކޮށް އިއުލާން ކުރެވޭނެއެވެ. އިއުލާންކުރުމަށްފަހު، ޓްރާސްންސްޕޯޓު މިނިސްޓްރީން ކަނޑައަޅާ ވަކި މުއްދަތެއްގެ ތެރޭ ވެރިފަރާތުން އެ އުޅަނދަކާ ހަވާލުނުވެއްޖެ ނަމަ، އެ އުޅަނދެއް ނީލަން ކިއުމުގެ ނުވަތަ ނައްތާލުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށެވެ.

comment ކޮމެންޓް