ވިލިނގިލިން މަރުވި ސިމާދުގެ ކަށުނަމާދު މެންދުރު ނަމާދަށް ފަހު އައްޑޫގައި

ގއ. ވިލިނގިލިން މަރުވި ހުސައިން ސިމާދު: އޭނާ ގެ ކަށުނަމާދު މެންދުރު ނަމާދަށް ފަހު އައްޑޫ ސިޓީގައި --

ޒަހަމްތަކަކާ އެކު ގއ. ވިލިނގިލީގައި މަރުވެފައި އޮއްވައި ފެނުނު 39 އަހަރުގެ ހުސެއިން ސިމާދުގެ ކަށުނަމާދު މެންދުރު ނަމާދަށް ފަހު އައްޑޫ ސިޓީ، ހިތަދޫގައި ބޭއްވުމަށް ނިންމައިފި އެވެ.

އިއްޔެ ހެނދުނު 7:00 އެހާކަން ހާއިރު ވިލިނގިލީ އޮޑި ހަރުގެއަކުން މަރުވެފައި އޮއްވައި ފެނުނު ސިމާދުގެ ހަށިގަނޑު އައްޑޫ ސިޓީ އަށް ފޮނުވާލައިފައި ވަނީ ރޭ 9:50 އެހާކަން ހާއިރު އެވެ. އައްޑޫ ސިޓީ، ހިތަދޫ އަށް ނިސްބަތްވާ ސިމާދުގެ ހަށިގަނޑު އެ ސިޓީއަށް ފޮނުވައިލައިފައި ވަނީ އޭނާ ގެ އައިލާގެ އެދިވަޑައިގަތުމުގެ މަތިންނެވެ.

ސިމާދުގެ މަރާގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވީ ނަމަވެސް ފުލުހުން އެވާހަކަ ދޮގު ކުރެ އެވެ.

ފުލުހުން މިއަދު ހެނދުނު "ސަން" އަށް ވިދާޅުވީ، ސިމާދުގެ މަރާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

https://sun.mv/115614

ސިމާދުގެ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައި ވަނީ ހިތަދޫ، މަސްޖިދުލް އިކްރާމްގަ އެވެ. އޭނާގެ މޫނު ދެއްކުމަށް ހަމަޖެހިފައި ވަނީ ސިމާދުގެ ގެ، ހިތަދޫ ހިޔަލީގޭގައި، މިއަދު ހެނދުނު 9:30 އިން ފެށިގެންނެވެ.

ސިމާދުގެ މަރާ ގުޅިގެން ރަށުތެރޭ އެކި ގޮތަށް އެކި ވާހަކަ ދެކެވެއެވެ.

ސިމާދަކީ މިދިޔަ ނޮވެމްބަރު މަހު ބީއެމްއެލްގެ ވިލިނގިލީ ބްރާންޗު ފަޅާލި މައްސަލާގައި ހައްޔަރު ކުރި 13 މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. ނަމަވެސް ފަހުން އެ 13 މީހުން ވަނީ ކްރިމިނަލް ކޯޓުން ދޫކޮށްލައިފަ އެވެ.

comment ކޮމެންޓް