"ފާސްޓް އެންޑް ފިއުރިއަސް 9" ރިލީޒްކުރުން ފަސްކޮށްފި

ފާސްޓް އެންޑް ފިއުރިއަސް---

ކާމިޔާބު ފްރެންޗައިޒް "ފާސްޓް އެންޑް ފިއުރިއަސް 9" ރިލީޒްކުރާ ތާރީހު ތިންވަނަ ފަހަރަށް ފަސްކޮށްފިއެވެ.

އެ ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރަން ނިންމީ މިއަހަރު ގައެވެ. ނަމަވެސް އެ ފިލްމު އަންނަ އަހަރުގެ އެޕްރީލް މަހުގެ 10 ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ނިންމިއެވެ.

ޔުނިވާސަލް ޕިކްޗާޒް އިން ގެނެސްދޭ އެ ފިލްމު ދެން ރިލީޒްކުރާނީ އަންނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހުގައެވެ.

ކާމިޔާބު ފްރެންޗައިޒް އެ ފިލްމަކީ ގިނަ ބަޔަކު އެ ފިލްމުގެ އާބަޔަކަށް އިންތިޒާރުކުރަމުން އަންނަ ފިލްމެކެވެ. އެ ހަބަރާއެކީ ފިލްމުގެ ސަޕޯޓަރުން މާޔޫސްކޮށްލާނެކަން ގައިމެވެ.

ފިލްމު ފަސް ކުރި ސަބަބެއް ޔުނިވާސެލް އިން ބުނެފައި ނުވާއިރު ބޭރުގެ ހަބަރުތައް ބުނާ ގޮތުގައި ފިލްމުގެ މައިގަނޑު ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ އެ ފިލްމްގެ ކުރީގެ އަށް ފިލްމުން ވެސް ފެނިގެން ދިޔަ ވިން ޑީޒެލް އާއި ޑްވޭން (ރޮކް) ޖޯންސަން އަދި ޖެސެން ސްޓެތަމް އެވެ.

"ފާސްޓް އެންޑް ފިއުރިއަސް" އަކީ 2001 ވަނަ އަހަރުން ފެށިގެން ބެލުންތެރިންނާ ހަމައަށް ގެނެސްދޭ ފްރެންޗައިޒް އެކެވެ.

"ފާސްޓް އެންޑް ފިއުރިއަސް" އަށްވަނަ ބައި "ފޭޓް އޮފް ދަ ފިއުރިއަސް" ރިލީޒްކުރީ 2017 އަހަރުގައެވެ. އެ ފިލްމަށް ވަނީ 1.239 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.

comment ކޮމެންޓް