ސަރުކާރު ނިމުނުއިރު ފޯމުތައް ހުންނާނީ ފޮށިތަކަށް އަޅާ ތަރުތީބުކޮށްފައި: މުއިއްޒު

ކުރީގެ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި އިފްތިތާހުކުރި ހިޔާ މަޝްރޫއަށް އެދި ހުށަހެޅި ފޯމުތައް، އެ ސަރުކާރު ނިމުނު އިރު ހުންނާނީ ސުމާރު ނަންބަރު ތަރުތީބުން ފޮށިގަނޑުތަކަށް އަޅާ ރައްކާކޮށްފައިކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒުގެ ފަރާތުން މިއަދު އާންމުކުރެއްްވި ބަޔާނެއްގައި ވިދާޅުވީ ފްލެޓު ފޯމުތައް ހުރީ މިނިސްޓްރީތެރެއަށް އުކާލާފަޔޭ ބުނުމަކީ އެ ފޯމުތަކުގެ ސައްހަކަމާމެދު ސުވާލު އުފެދޭ، ކަންބޮޑުވާ ވަރުގެ ކަމެއް ކަމަށެވެ. މުއިއްޒު މިފަދައިން ވިދާޅުވެފައި މިވަނީ ފްލެޓުތަކުގެ މައްސަލަ ބެލުމަށް މި ސަރުކާރުން އެކުލަވާލާފައިވާ ކޮމެޓީއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ މެންބަރުން ދެއްކެވި ވާހަކައާއި ގުޅިގެންނެވެ.

ނޫސްވެރިންގެ ބައްދަލުުވުމުގައި ކޮމެޓީ އިން ބުނެފައިވަނީ "ހިޔާ"ގެ ދަށުން ދޫކުރާ ފްލެޓުތަކަށް އެދި ރައްޔިތުން ހުށަހެޅި ފޯމުތައް ހުރީ ހައުސިން މިނިސްޓްރީގެ އެކި ތަންތަނަށް "އުކާފައި" ކަމަށާއި ފްލެޓު ކޮމެޓީއިން އެންމެ ފުރަތަމަ ހައުސިން މިނިސްޓްރީ އަށް ދިޔައިރުވެސް ފޯމުތައް ހުރީ އެއްވެސް ތަރުތީބެއްނެތި އުކާލާފައި ކަމަށެވެ.

https://sun.mv/115415

މީގެ އިތުރުން އެއް އާއިލާއެއްގެ ގިނަ ބަޔަކަށް ފްލެޓު ދީފައިވާ ކަމަށާއި ފްލެޓު ދިން އިރު ދިރިއުޅުމުގެ ހާލަތު ވަޒަން ކުރޮ ގޮތްވެސް އެނގެން ނެތް ކަމަށް ކޮމެޓީގެ މެންބަރުން އިއްޔެ ފާހަގަކުރިއެވެ.

އެކަމަށް ރައްދު ދެއްވައި މުއިއްޒުގެ ބަޔާނުގައި ވިދާޅުވީ ފްލެޓު ލިބޭނެކަމަށް ކަނޑައަޅާ ގެޒެޓުކޮށްފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކަކީ ޕޮއިންޓު ދިނުމުގެ އުސޫލާ ހިލާފަށް އެ ލިސްތުގައި ހިމަނާފައިވާ ބަޔެއް ނޫން ކަމަށެވެ.

ފްލެޓު ލިބޭނެކަމުގެ ދާއިމީ ލިސްޓުގައި ނުހިމެނޭ ފަރާތްތަކާއި އިތުރަށްވެސް ގެދޮރުވެރިކަން ބޭނުންވާ ފަރާތްތަކަށް އިތުރު ހައުސިން މަޝްރޫއުތައް ހިންގައި ދިނުމަށް މުއިއްޒު ވަނީ ސަރުކާރަށް ގޮވާލައްވައިފައެވެ.

comment ކޮމެންޓް