ޓްރާންސްފާ މާކެޓުގެ އެންމެ ކުރީގައި މިފަހަރު ގްރީންސްޓްރީޓް

ގުރީންސްޓްރީޓްއާ ގުޅުނު ބައެއް ކުޅުންތެރިންނާއި އެ ޓީމުގެ ކޯޗު އަލީ ސުޒައިން --- ފޮޓޯ / ގްރީންސްޓްރީޓް

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުލަބް ގުރީން ސްޓްރީޓް އިން ގިނަ ކުޅުންތެރިންތަކެއް ގެންގޮސް ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތް ރާއްޖޭގެ އެހެން ކުލަބުތަކަށް ވުރެން ހަލުވި ކަމާއެކު ކުރިއަށް އެބަ ގެންދެއެވެ.

ނަން މަޝްހޫރު ގިނަ ކުޅުންތެރިން ތަކެއް މިއަހަރުގެ ސީޒަނަށް ވޭތުވެ ދިޔަ ހަފްތާއެއްހާ ދުވަސް ތެރޭގައި އެ ކުލަބާ ވަނީ ގުޅިފައެވެ. ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ކޯޗު އަލީ ސުޒޭނުގެ ކޯޗު ކަމުގެ ދަށުގައި މިއަހަރުގެ ލީގު ކާމިޔާބު ކުރުމަށްޓަކައި ޓީމުން ބޮޑެތި ހަރަދުތަކެއް ކުރަމުންދާ އިރު ޓީމުގައި މިދިޔަ އަހަރު ކުޅުނު ބައެއް މުހިންމު ކުޅުންތެރިންގެ ކޮންޓްރެކްޓް ވެސް އެ ކުލަބުން ވަނީ އާ ކޮށްފައެވެ.

ގްރީންސްޓްރީޓް އާއި ގުޅުނު ބައެއް ކުޅުންތެރިންނާއި އެ ޓީމުގެ ކޯޗު އަލީ ސުޒައިން --- ފޮޓޯ / ގްރީންސްޓްރީޓް

ދިވެހި ރާއްޖެ މިހާތަނަށް ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގާއި ތަޖުރިބާ ކާރު މިޑްފީލްޑަރު މުހައްމަދު އުމައިރު ގެ އިތުރުން މިވަގުތު ރާއްޖޭގައި ހުރި އެންމެ އުއްމީދީ އެއް ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ރިހާމް އަބްދުލްޣަނީ (ބޮބީ) ވެސް ވަނީ މިއަހަރުގެ ސީޒަނުގައި ގްރީންސްޓްރީޓަށް ކުޅެން ނިންމާފައެވެ.

މީގެ ދެއަހަރު ކުރިން ގްރީންސްޓްރީޓް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވުމަށް ފަހު އެ ޓީމުގައި މުހިއްމު ދައުރެއް އަދާ ކުރި ތަޖުރިބާކާރު ފޯވާޑް އަހުމަދު ރަޝީދު (އައްމަޑޭ) ވެސް އެނބުރި އެކުލަބާ ގުޅުނު އިރު މިދިޔަ އަހަރު އެ ޓީމުގެ ކެޕްޓަން ކަން ކޮށްފައިވާ އައްސަދު އަލީ (އަޑުބަރޭ) ވެސް ވަނީ އަންނަ ސީޒަނުގައިވެސް އެ ކްލަބުގައި މަޑުކުރަން ނިންމައި ސޮއިކޮށްފައެވެ.

ޖަލު ހުކުމަކަށް ފަހު ފުޓުބޯޅައަށް އެނބުރި އައިސް މިދިޔަ ސީޒަނުގެ ފަހު ކޮޅު ގްރީންގެ ގޯލު ބަލަހެއްޓުމުގައި މޮޅު ކުޅުމެއް ދެއްކި ޒުވާން ކީޕަރު ލަބާން ވެސް އެ ޓީމުގައި މަޑު ކުރަން ވަނީ ނިންމާފައެވެ.

comment ކޮމެންޓް