ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ

ވެލިދޫ އައިލެންޑް ރިސޯޓު ---

އއ. ވެލިދޫ އައިލެންޑް ރިސޯޓުގައި ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ބުނީ ވެލިދޫ އައިލެންޑް ރިސޯޓުގައި ފަތުރުވެރިޔަކު ގެނބިގެން މަރުވި ކަމުގެ ރިޕޯޓު ލިބިފައި ވަނީ 5:49 އެހައިކަންހާއިރު ކަމަށެވެ.

މަރުވީ އޮސްޓްރިޔާގެ އުމުރުން 78 އަހަރުގެ ފަތުރުވެރިއެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފަހަކަށް އައިސް ގެނބިގެން ފަތުރުވެރިން މަރުވާ މިންވަރު ވަނީ އިތުރުވެފައެވެ. އެފަދަ ހާދިސާތައް މަދުކުރުމަށް ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް