މަޖިލީހުގެ އިދާރާއަށް އަންހެން ސެކިއުރިޓީ އޮފިސަރުން ހޯދަން އިއުލާންކޮށްފި

ރައްޔިތުންގެ މަޖިލިސް ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައްޔިތުން މަޖިލީހުގެ އިދާރާއަށް އަންހެން ސެކިއުރިޓީ އޮފިސަރުން ހޯދަން އިއުލާންކޮށްފި އެވެ.

މިއަދު އެ މަޖިލީހުން ކުރި އިއުލާނުގައި ބުނީ ސާޖަންޓް އެޓް އާމްސްގެ އިރުޝާދުގެ ދަށުން ސެކިއުރިޓީކަން ކުރާނެ ހަތަރު އަންހެނުން ބޭނުންވާ ކަމަށެވެ.

އަދި ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ 18 އަހަރާއި 30 އަހަރާ ދެމެދު ސާނަވީ އިމްތިހާނުގެ ދެ މާއްދާ އަކުން ދަށްވެގެން ޑީ ފާސް ލިބިފައި ވުމާއި އެސްއެސްސީ އިމްތިހާނުގައި ދިވެހިން ދަށް ވެގެން ސީ ފާސް ލިބިފައި ވުމެވެ. އަދި މަގާމަށް ބޭނުންވާ ދާއިރާ އަކުން ރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް ހަތަރެއްގެ ސަނަދެއް އޮތުމެވެ.

އެ އޮފިސަރުންނަށް މުސާރައިގެ ގޮތުގައި 6550 ރުފިޔާ ކަނޑައެޅިފައިވާ އިރު އެލަވަންސްގެ ގޮތުގައި ޖުލްމަ 3600 ރުފިޔާ ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

އެ މަގާމަށް އެދި ހުށަހައެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ހަފުތާގެ އަންގާރަ ދުވަހެވެ.

ގުޅޭ ޓެގު
comment ކޮމެންޓް