"ހޭންޑްމޭޑް ބައި އީމް ނިޒާމް"ގެ އިތުރު ކަލެކްޝަނެއް ނެރެފި

ހޭންޑްމޭޑް ބައި އީމް ނިޒާމްގެ ކަލެކްޝަން--- ފޮޓޯ/ އިންސްޓަގްރާމް

ލަވަކިޔުންތެރިޔާ އަދި އުންމީދީ މޮޑެލް އީމް ނިޒާމްގެ އަމިއްލަ ބްރޭންޑް "ހޭންޑްމޭޑް ބައި އީމް ނިޒާމް"ގެ ފެބްރުއަރީ ކަލެކްޝަން ނެރެފިއެވެ.

ފެބްރުއަރީ ކަލެކްޝަން "ހޭންޑްމޭޑް ބައި އީމް ނިޒާމް"އިން ނެރުނު އިރު އެ ކަލެކްޝަންގެ ނަމަކީ "ލަވް ޔޯ ސެލްފް"އެވެ.

އީމް ބުނީ އެ ކަލެކްޝަންގައި ޕެޑިކިއޯ ބޮމްބް، ލިޕް ބާމް، ބޮޑީ ބަޓާ އަދި ޓައިމްލަސް ސައިބޯންޏެއް ހިމެނޭ ކަމަށެވެ.

އަދި ކަލެކްޝަންގެ އެންމެ ހާއްސަ ކަމަކީ އެ ކަލެކްޝަންގައި ޗޮކްލެޓް އާއި ފިނިފެންމަލެއް ހިމެނޭ ކަމެވެ.

އީމް ބުނީ ހޮވާލެވޭ ދެ ފަރާތަކަށް އެ ކަލެކްޝަންގެ ޕެކެއް ހިލޭ ލިބިގެންދާނެ ކަމަށެވެ.

އީމްގެ ޕްރޮޑަކްޓަތައް އަބަދުވެސް ލިބެން ހުންނަ ރިސޯޓް ތަކުން ލިބެން ހުންނާނެއެވެ. އީމްގެ އެ ޕްރޮޑަކްޓްތަކަކީ ރާއްޖޭން ބޭރުން ތައްޔާރުކޮށްގެން ގެންނަ ކޮލިޓީ ރަނގަޅު ޕްރޮޑަކްޓްތަކެއް ކަން ފާހަގަކޮށްލެވެއެވެ.

އީމް ވަނީ މިދިއަހަރު ދުބާއީ ގައި ވެސް އޭނާގެ ދެ ޕްރޮޑަކްޓެއް ތައާރަފްކޮށްފައެވެ. އެއީ "ހޭންޑްމޭޑް ބައި އީމް ނިޒާމް"ގެ މޭކްއަޕް ވައިޕްސްއާއި ބީޗްވެއާ ކަލެކްޝަން އެވެ.

އޭގެ ތެރެއިން ވެސް މޭކަޕް ވައިޕްސްއަކީ މިހާރުވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ޕްރޮޑަކްޓެއް ކަން ފާހަގަކޮށްލެވެއެވެ.

އީމް އިންތިޒާމްކޮށްގެން ދާދިފަހުން މާލޭގައި ކުރިޔަށް ގެންދިޔަ "ހީނާ އާޓް މާސްޓާކްލާސް"ގެ ޗެރިޓީ އިވެންޓެއް މާލެ އަތޮޅު ގުރައިދޫގައި ވެސް ވަނީ ހިންގައިފަ އެވެ.

ދާދި ފަހުން އީމް ވަނީ އޭނާގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ. ކެންސަރުގެ ބިރުވެރިކަމުގައި ހޭދަކުރި ދުވަސްތައް އޭނާ ވަނީ އާންމުންނަށް ކިޔާދީފައެވެ.

comment ކޮމެންޓް