ދެއްކެވި ވާހަކަތަކާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ މަޖިލީހަށް ހާޒިރުކުރަނީ

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް އަހްމަދު ޝަމާލް --- ފޮޓޯ/ ރައީސް އޮފީސް

އިންޑިއާއާއި ރާއްޖެއާ ގުޅޭގޮތުން ދާދި ފަހުން ދެއްކެވި ވާހަކަތަކަކާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދި މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު (ޓޮމް) ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ ދާދި ފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި އެގައުމުގެ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަލް އަށް ދެއްވި އިންޓަވިއުއެއްގައި ވަނީ އިންޑިއާއިން ބޭނުންވާ ނަމަ ރާއްޖެ ހިފިވެސްދާނެ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ވާހަކަ ދައްކަވާފައެވެ.

ތޯރިގު މިނިސްޓަރަށް ކުރުމަށް ފޮނުވާފައިވާ ސުވާލުގައި އައްސަވާފައިވަނީ، ޑިފެންސް މިނިސްޓަރުކަމުގައި ހުންނަވައިގެން މިނިސްޓަރު މާރިޔާ ފާޅުކުރައްވަމުންދާ ސިޔާސަތުތައް ނުވަތަ ދައްކަވަމުން ގެންދަވާ ވާހަކަތަކުން، މިނިސްޓަރުގެ މައްޗަށް މަތިކޮށްފައިވާ ގާނޫނީ އެންމެ ބޮޑެތި ޒިންމާތައް އަދާކުރެވޭކަމަށް ދެކެވަޑައިގަންނަވާތޯއޭއެވެ.

އެ ސުވާލުގައި ފާހަގަކޮށްފައިވާ، ޑިފެންސް މިނިސްޓަރުގެ ޒިންމާތަކުގެ ތެރޭގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފައުކޮށް ހިމާޔަތްކުރުމާއި، ދިވެހިރާއްޖޭގެ އިއްޒަތާއި ކަރާމާތް އަދި ދައުލަތުގެ ޝާކާއި ޝައުކަތު ދައްކުވައިދީ ހިފެހެއްޓުމާއި، އަދި ދިވެހިރާއްޖޭގެ ކަނޑާއި ހާއްސަ އިގްތިސާދީ ސަރަހައްދު ހިމާޔަތްކުރުމުގެ ސިޔާސަތުތައް ކަނޑައެޅުމެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އިންޑިއާގެ ޗެނަލަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ އިންޑިއާއިން ރާއްޖޭގައި ގާއިމުކުރާ ރާޑަރު ސިސްޓަމުން އިންޑިއާއަށް ފައިދާއެއް ނުކުރާނެކަމަށާއި އަދި އޭގެން ފައިދާކުރާނީ ދިވެހީންނަށް ކަމަށެވެ. އަދި އިންޑިއާއިން ރާއްޖޭގެ ސަރަހައްދު ބަލަން ބޭނުން ނަމަ އެމީހުންނަށް ޖައްވަށް ސެޓެލައިޓު ފޮނުވައިގެން

މާރިޔާ ވިދާޅުވީ ރާޑަރު ސިސްޓަމުން އިންޑިއާ އަށް ފައިދާއެއް ނުކުރާނެ ކަމަށާއި އަދި އޭގެން ފައިދާ ވަނީ ދިވެހިންނަށް ކަމަށެވެ. އަދި އިންޑިއާ އިން ރާއްޖޭގެ ސަރަހައްދު ބަލަން ބޭނުން ނަމަ އެމީހުން ޖައްވަށް ފޮނުވާ ސެޓެލައިޓުން އެކަން ބެލޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

https://sun.mv/115093

އަދި އިންޑިއާގެ އަސްކަރިއްޔާގެ ބޮޑުމިނަށް ރިއާޔަތްކުރައްވަމުން، އެގައުމުން ބޭނުން ނަމަ ރާއްޖެ ހިފިވެސް ދާނެކަމަށް މާރިޔާ ވިދާޅުވިއެވެ. ނަމަވެސް އެފަދަ އެއްވެސް ނިޔަތެއް އިންޑިއާގެ ނޯންނާނެކަން ޔަގީންކަމަށްވެސް ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރުގެ މި ވާހަކަތަކަށް އާންމުންގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން، ޑިފެންސް މިނިސްޓްރީން ވަނީ ބަޔާނެއް ނެރުއްވައި، މިނިސްޓަރުގެ ވާހަކަފުޅު ތަރުޖަމާކޮށްދީފައެވެ.

https://sun.mv/115198

"ބަސްދީގަތުމުގައި [މާރިޔާ] ވިދާޅުވެފައިވަނީ، ރާއްޖެއާއި އަވަށްޓެރި އިންޑިއާ އަކީ ޒަމާނުއްސުރެ އެއް ގައުމު އަނެއް ގައުމު މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލާށް އިހްތިރާމްކޮށް، އެކުވެރިކަމާއެކު އުޅޭ ދެ ގައުމު ކަމާއި އިންޑިއާގެ އަސްކަރިއްޔާގެ ހައިބަތު ކިތަންމެ ބޮޑު ކަމުގައިވިޔަސް އަބަދުވެސް ދެގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އިހްތިރާމް ކުރާ ކަން،" މާރިޔާ ދެއްކެވި ވާހަކަ އޮޅުންއަރާ ގޮތަށް ހަބަރުތައް ފަތުރާފައިވާ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އަދި މީޑިއާއިން މިނިސްޓަރުގެ ވާހަކަތައް އޮޅުވާލާފައިވާ ކަމަށާއި އެ ވާހަކަތަކުން ބަޔެއް އުނިކޮށްގެން ފަތުރަމުންދާ ހަބަރުތަކަކީ، "ގައުމުގެ ސުލްހަ މަސަލަސްކަން ގެއްލުވައިލައި، ސިޔާސީ މަންފާ ހޯދުމަށް،" ފަތުރަމުންދާ ހަބަރުތަކެއް ކަމަށް މިނިސްޓްރީން ތުހުމަތުކުރިއެވެ.

comment ކޮމެންޓް