އަހާން ޝެޓީ ބޮލީވުޑަށް ނުކުންނަ ފިލްމަކީ "ތަޅަޕް"

އަހާން ޝެޓީ--

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ ބޮލީވުޑަށް ތައާރަފުކުރާ ފިލްމުގެ ނަމަކަށް "ތަޅަޕް" ހަމަޖައްސައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެ ފިލްމަކީ "އާރްއެކްސް 100" ގެ ރިމޭކެކެވެ. ރިޕޯޓްތައް ބުނާގޮތުގައި "ތަޅަޕް" ޑައިރެކްޓްކުރާނީ މަޝްހޫރު ޑައިރެކްޓަރު މިލަން ލުތުރިއާ އެވެ.

ފިލްމުގެ ޝޫޓިން ފަށާނެ ތާރީހެއް އިއުލާން ނުކުރި ނަމަވެސް ފިލްމުގެ ޝޫޓިންގ ފަށަން ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އަހާން ޝެޓީ ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުން އަންނައިރު އޭނާގެ ދައްތަ އާތިޔާ ޝެޓީ ދަނީ ފިލްމު 2015 ވަނަ އަހަރުން ފެށިގެން ފިލްމުތަކުން ފެންނަމުންނެވެ. އާތިޔާ ބޮލީވުޑަށް ތައާރަފްވީ ފިލްމު "ހީރޯ"އިންނެވެ.

ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި އަހާން ޝެޓީ ވެގެން ދާނީ ފިލްމު އިންޑަސްޓްރީގެ އޭ ލިސްޓުގައި ހިމެނޭނެ ބަތަލަކަށެވެ.

comment ކޮމެންޓް