ތިލަފުށީ ޕޯޓުގެ މާސްޓާ ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި

ތިލަފުށީ: އެ ރަށުގައި އަޅަން ނިންމި ބައިނަލްއަޤްވާމީ ވިޔަފާރި ބަނދަަރުގެ މާސްތާ ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުމަށް ވަނީ އިއުލާން ކޮށްފައި ---

ސަރުކާރުން ތިލަފުށީގައި އަޅަން ނިންމާފައިވާ ބައިނަލްއަގްވާމީ ވިޔަފާރި ބަނދަރުގެ މާސްޓާ ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފި އެވެ.

އިއްޔެ ފިނޭންސް މިނިސްޓްރީން ނެރުނު އިއުލާންގަައި ބުނެފައި ވަނީ އިކޮނޮމިކް މިނިސްޓްރީން ކުރިއަށްގެންދާ ތިލަފުށީގައި ބައިނަލްއަގްވާމީ ވިޔަފާރި ބަނދަރު ތަރައްގީ ކުރުމަށް ޓަކައި މާސްޓާ ޕްލޭނެއް ހެދުމާއި ވިޔަފާރި ބަނދަރުގެ ޑީޓެއިލް ޑިޒައިން އަދި ޓެންޑާ ޑޮކިއުމަންޓް ތައްޔާރުކޮށްދޭނޭ ކޮންސަލްޓަންސީ ފާމެއް ހޯދަން ބޭނުންވާ ކަމަށެވެ.

މިޕްރޮޖެކްޓުގައި ހިމެނެނީ ތިލަފުށީ ވިޔަފާރި ބަނަދަރުގެ މާސްޓާ ޕްލޭނެއް ހެދުމާއި ޑީޓެއިލް ޑިޒައިން އަދި ޓެންޑާ ޑޮކިއުމަންޓް ތައްޔާރުކުރުމެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު އިއުލާންގައި ބުނެފައި ވަނީ އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ބައިނަލްއަގުވާމީ ފަރާތްތަކުން ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް)އާ އެއްގޮތަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދައުވަތު އިކޮނޮމިކް މިނިސްޓްރީގެ އެދުމުގެ މަތިން ފިނޭންސް މިނިސްޓްރީން އެކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.

ޝައުގުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ގާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު (ބްރޯޝާ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މަސައްކަތް ކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތައުލީމީ ފެންވަރު އަދި އެހެނިހެން މައުލޫމާތު) ހުށަހަޅަން ވާނެ ކަމަށް އިލުލާންގައި ބުުނެފައިވެ އެވެ.

އަދި ސަރުކާރުން ހިތްވަރު ދެނީ ބައިނަލްއަޤްވާމީ ފާމްތަކުން ދިވެހި ފާމްތަކުގެ ބައިވެރިވުމާ އެކު އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުން ކަމަށާއި ޕާޓީތައް ޝޯޓްލިސްޓުކުރުމުގައި އެކަމަށް ރިއާޔަތްކުރެވޭނެ ކަމަށް އިއުލާންގައި ބުނެފައިވެ އެވެ.

https://sun.mv/114024

މާލޭގައި މިހާރު ބޭނުން ކުރަމުން އަންނަ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ތިލަފުށީގައި އަޅަން ނިންމި ޕޯޓުގެ މަސައްކަތް މި އަހަރު ތެރޭ ފަށާނެ ކަމަށް މީގެ ކުރިން އެމްޕީއެލް އިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް