އެޕާޓްމެންޓް ގަންނަން ބޭނުން ފަރާތްތަކަށް ލިވިން އެކްސްޕޯ އިން ފުރުސަތުތަކެއް

ލިވިން އެކްސްޕޯ 2019--- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ދެހާސްތޭރަ ވަނައަހަރުން ފަށައިގެން ހައިރައިޒް އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މޯލްޑިވްސް ލިވިން އެކްސްޕޯ އަކީ ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށާއި ގޭތެރެއަށް ބޭނުންވާ ސާމާނު ގަންނަން ބޭމނުންވާ ފަރާތްތަކަށް އެއްތަނަކުން ގިނަ ފުރުސަތުތަކެއް ލިބޭ ޕްލެޓްފޯމެކެވެ.

ހަތްވަނަ ލިވިން އެކްސްޕޯ ދަރުބާރުގޭގައި ކުރިއަށްދާއިރު މިއަހަރުވެސް ރާއްޖެއާއި އަވައްޓެރި ސްރީލަންކާ އިން އެޕާޓްމެންޓު ގަންނަން ބޭނުންވާ ފަރާތްތަކަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ހުޅުވާލައިފައެވެ. އެކްސްޕޯއަށް ޒިޔާރަތްކޮށްގެން އެޕާޓްމެންޓު ބުކް ކުރާނަމަ ރަނގަޅު ޑިސްކައުންޓެއްވެސް ދެއެވެ. ހުޅުމާލޭގައި މިހާރު އަޅަމުންދާ ލަޖްޒަރީ އެޕާޓްމެންޓު ތަކާއި ލަންކާގައި އިމާރާތްކުރާ އެޕާޓްމެންޓުތައް ބުކް ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލައިފައެވެ.

މިއަހަރުގެ އެކްސްޕޯގައި ލަންކާގެ ފަސް ކުންފުންޏެއް ބައިވެރިވެއެވެ.

ހައިރައިޒް އިން ބުނީ މިއަހަރުގެ އެކްސްޕޯ އަކީ "ހޯމް އެންޑް ލައިފްސްޓައިލް" އަށް ޓާގެޓުކޮށްގެން ބާއްވާ އެކްސްޕޯއެއް ކަމަށެވެ.

"ހަމައެކަނި ރިއަލްއެސްޓޭޓަށް ފޯކަސްނުކޮށް މި ދެ ކޮމްޕޯނެޓް އެކީ މިފަހަރު ކުރިއަށް މި ގެންދަނީ. ރާއްޖޭގެ އަޕްކަމިން ބޮޑެތި ރިއަލް އެސްޓޭޓު ކުންފުނިތަކާ ގެދޮރަށް ބޭނުންވާނެ އެހެން ސާވިސް ޕްރޮވައިޑަރުން ބައިވެރިވޭ،" ހައިރައިޒްގެ މާކެޓިން މެނޭޖަރު މާއިޝާ ޝުޖާއު ވިދާޅުވިއެވެ.

ލިވިން އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ކޮންމެ ދުވަހަކު ގުރުއަތު ނަގައި، ގުރުއަތުން ހޮވޭ ފަރާތްތަކަށް ހާއްސަ ހަދިޔާތަކެއް ދޭއިރު މާދަމާރޭ އެކްސްޕޯ ނިންމާލުމުގެ ގޮތުންވެސް ގުރުއަތު ނަގާ އަގު ހުރި އިނާމުތައް ދޫކޮށްލާނެއެވެ.

ލިވިން އެކްސްޕޯގެ މިއަހަރުގެ މެއިން ސްޕޮންސަރަކީ އެލައިޑް އިންޝުއަރެންސް ކޮމްޕެނީއެވެ. ކޯ ސްޕޮންސަރުންނަކީ އަލްޓެއާ އަދި އަކުއާ ވިޓާއެވެ. ސަޕޯޓިން ޕާޓްރަރަކީ އެޗްޑީސީއެވެ. އެސޯސިއޭޓް ޕާޓްނަރަކީ ރީފްސައިޑެވެ.

މި އެކްސްޕޯއަކީ މަސީ އިން އެންޑޯޒްކޮށްފައިވާ އެކްސްޕޯއެކެވެ.

comment ކޮމެންޓް