ގޯލްޑް 100 ގެ ގޯލްޑް ޕާޓްނަރަކަށް އަލްޝާލީ

ގޯލްޑް 100 ގެ ގޯލްޑް ޕާޓްނަރަކަށް އަލްޝާލީ ހަމަޖެއްސުން ---

ރާއްޖޭގެ ކުރިއަރާފައިވާ ވިޔަފާރި ކުންފުނިތައް ފާހަގަކޮށް ދެވޭ "ގޯލްޑް 100 ބިޒްނަސް އެވޯޑްސް"ގެ ގޯލްޑް ޕާޓްނަރަކަށް އަލްޝާލީ މެރިން ހަމަޖައްސައިފިއެވެ. މިއީ މި އެވޯޑްސްގެ ގޯލްޑް ޕާޓްނަރެއްގެ ގޮތުގައި އަލްޝާލީ ހަމަޖެއްސި ތިންވަނަ އަހަރެވެ.

އަލްޝާލީ މެރިން މޯލްޑިވްސް އަކީ ދުބާއީގެ އަލްޝާލީ މެރިން އާއި ކޯސްޓްލައިން އިންވެސްޓްމެންޓުގެ ޖޮއިންޓް ވެންޗާއެކެވެ.

ގޯލްޑް 100 ގެ ގޯލްޑް ޕާޓްނަރެއްގެ ގޮތުގައި އަލްޝާލީ ހަމަޖައްސައި އެއްބަސް ވުމުގައި ވަނީ ސޮއިކޮށްފައެވެ. އަލްޝާލީ މެރިންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އޮޕަރޭޝަންސް މެނޭޖަރު އިސްމާއިލް ޝަރީފެވެ. މޯލްޑިވްސް ގޭޓްވޭސްގެ ފަރާތުން ސޮއިކުރެއްވީ ސީއޯއޯ ޑރ. ސަނީ އުމަރެވެ.

ގޯލްޑް 100 އަކީ ރާއްޖޭގައި އެންމެ ފާހަގަ ކުރެވޭ 100 ވިޔަފާރި ހޮވުމަށް ހޮޕިޓަލިޓީ މެގަޒިން، ކޯޕަރޭޓް މޯލްޑިވްސް އިން ދޭ އެވޯޑެކެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް ރާއްޖޭގެ އެންމެ ކުރިއަރާފައިވާ 100 ވިޔަފާރި ހޮވުމަށްޓަކައި ހުށަހެޅޭ ކުންފުނިތަކުގެ މައުލޫމާތު އިވެލުއޭޓްކުރުމަށް މިނިވަން ކޮންސަލްޓަންސީ ފާމެއްވަނީ ކަނޑައަޅާފައެވެ.

މި އެވޯޑް ލިބޭ ފަރާތްތައް އާންމުކުރެވިގެންދާނީ 23 ފެބްރުއަރީ 2019ގައި ޕެރަޑައިސް އައިލެންޑް ރިސޯޓގައި ބާއްވަން ނިންމާފައިވާ ގޯލްޑް 100 ގާލާ އިވެންޓުގައެވެ.

މި އެވޯޑް ދިނުމުގައި އެންމެ ކާމިޔާބު 100 ކުންފުނި ތަރުތީބުކުރަނީ އިނގިރޭސި އޭބީސީ ތަރުތީބުންނެވެ.

comment ކޮމެންޓް