ބ. އެނބޫދޫ ކައިރީ އޮންނަ ރަންގަލި ފަރަށް ފީނަން ފޭބި ޒުވާނާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފީނަން ފޭބިފަހުން ހަބަރެއް ނުވެގެން ހޯދަމުން ދިޔަ ބ. ތުޅާދޫ ފޮނިލުނބޯގޭ ޔާފިއު ހުސައިން 20، ގެ ހަށިގަނޑު ފެނިފައިވަނީ އޭނާ ގެއްލުނު ސަރަހައްދުން 30 މީޓަރު އަޑިން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ޔާފިއުގެ ހަށިގަނޑު ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނަދަން އޭރިއާ ކޯސްޓުގާޑު ސްކޮޑްރަން ގެ އިތުރުން ފިނޮޅު ރިސޯޓުގެ ތިން ޑައިވަރަކާއި ކޮކޯ ޕާމް ރިސޯޓުގެ ޑައިވަރެއްގެ އިތުރުން ވައްކަރު ރިސޯޓުގެ ޑައިވަރުންވެސް ވަނީ ހަރަކާތްތެރިވެފައެވެ.
ޔާފިއުގެ ހަށިގަނޑު ފެނުނީ ވައްކަރު ރިސޯޓުގެ ޑައިވަރަކަށެވެ.
ޔާފިއުގެ ހަށިގަނޑު ތުޅާދޫ އަށް ގެންދިއުމަށް އެމްއެންޑީއެފް ކޯސްޓުގާޑުގެ ލޯންޗެއް ދަތުރުކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.