އައިލެންޑް އޭވިއޭޝަނާއި އެމްޓީޑީސީގެ ބޯޑަށް ބޭފުޅުން އައްޔަނުކޮށްފި

މީގެ ކުރިން ބޭއްވި އެމްޓީޑީސީ އަހަރީ އާންމު ޖަލްސާއެއް--- ސަން ފައިލް ފޮޓޯ

އައިލެންޑް އޭވިއޭޝަންއާއި އެމްޓީޑީސީގެ ބޯޑަށް ބޭފުޅުން މިއަދު އައްޔަނުކޮށްފި އެވެ.

އެ ބޭފުޅުން ބޯޑަށް އައްޔަނުކުރިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން މިއަދު ވަނީ ޔަގީންކޮށްދީފަ އެވެ.

އެގޮތުން އައިލެންޑް އޭވިއޭޝަންގެ ބޯޑަށް ފަސް މެމްބަރުން އައްޔަނުކުރި އިރު އެމްޓީޑީސީގެ ބޯޑަށް ތިން މެމްބަރުން ވަނީ އައްޔަނުކޮށްފަ އެވެ.

އައިލެންޑް އޭވިއޭޝަންގެ ބޯޑަށް އައްޔަނުކުރި ބޭފުޅުން

  • ޑރ. އަހުމަދު ޝަމްހީދު/ ގއ. ދެއްވަދޫ، މާވެޔޮދޮށުގެ
  • އައިޝަތު ޖެނީފާ/ މ. ގްނަމްގެ
  • އަބްދުﷲ އާމިރު/ މ.ރުބްރިކް
  • އަބްދުﷲ އާޒިމް/ ޏ. ފުވައްމުލައް . މައުނާ
  • އަޒްހީލް އަހުމަދު/ ދަފުތަރު ނަމްބަރު 7547،

އެމްޓީޑީސީގެ ބޯޑަށް އައްޔަނުކުރި ބޭފުޅުން

  • އަބްދުﷲ ފާއިޒް/ މ. ދޭލިޔާގެ
  • މުހައްމަދު ފާތިހު/ ހ. ކުރިކީލަގެ
  • މުހައްމަދު ޖަނާހު/ ސ. ހިތަދޫ/ ތަނޑިރަތްމާގެ
comment ކޮމެންޓް