މާލެ ސަރަހައްދުގެ ގެތަކުގެ އިންޓަނެޓު ވައިފައިން ވައްކަންކުރުން ވަނީ އާންމުވެފައި: މަލީހް

ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ވާހަކަ ދައްކަވަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

މާލެ ސަރަހައްދުގެ ގެތަކުގެ އިންޓަނެޓު ވައިފައި އިން ވައްކަންކުރުން އާންމުވެފައިވާ ކަމަށް ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާާއްޖޭގައި އިންޓަނެޓް ބޭނުންކުރެވޭ ގޮތާއި އަދި ބޭނުންކުރުމުގައި ދިމާވާ ގޮންޖެހުންތައް މިހާރު ދިރާސާ ކުރަމުންގެންދާ ކަމަށެވެ.

"އެގޮތުން މިހާތަނަށް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމެއް ވަކިން ހާއްސަކޮށް މާލެ ހިމެނޭ ސަރަހައްދުގައި ގޮތް ނޭނގޭ ފަރާތްތައް ގޭގެ އިންޓަނެޓް ސިއްރުން ނޫނީ އަޅުގަނޑު ދަންނަވަނީ ވައިފައިގެ ނަހަމަ ބޭނުން ނުވަތަ ވައްކަންކުރުމޭ އޭގެ އެއް ޒާތުގައި ދެންނެވިދާނެ." މިނިސްޓަރު ވިދާޅުވިއެވެ.

އަދި އެ ފަދަދަ ފަރާތްތަކުން ތަފާތު އެޕްލިކޭޝަންތައް ބޭނުންކޮށްގެން ގޭގޭގެ ވައިފައި ބޭނުންކުރަމުންގެންދާ ކަަމުގެ ޝަކުވާ ލިބެމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެފަދަ ކަންކަން ހައްލުކުުމުގެ ގޮތުން ސެކިއުރިޓީ ޓީމުން ބަލައި އިންޓަނެޓްގެ ހިދުމަތްދޭ ފަރާތައްތައް ލައްވައި ފިޔަވަޅު އަޅައި އަދި މީހުން ހޭލުންތެރިކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އިލްތިމާސަކީ ވައިފައިވެސް ގިނަގިނައިން ޕާސްވޯޑުތައް ބަދަލުކުރުން އަދި އޭގެ ސެކިއުރިޓީ ސެޓިން އެބޭފުޅުންނަށް އެނގިވަޑައިނުގަންނަވާ ކަމަށް ވާނަމަ އެ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައް މެދުވެރިވެގެންވެސް މިހާރަށްވުރެ އެ ސެކިއުރިޓީ ވަރުގަދަކުރުމަކީ މުހިންމުކަމެެއް." މަލީހް ވިދާޅުވިއެވެ.

comment ކޮމެންޓް