އިންޓަނެޓް ސޭފްޓީއާ ބެހޭގޮތުން ހޭލުންތެރިކަމުގެ ކެމްޕޭންތަކެއް ފަށައިފި

ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް (ވ) ވާހަކަ ދައްކަވަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

ދުނިޔޭގެ އިންޓަނެޓް ސޭފްޓީ ދުވަހާ ގުޅިގެން ހޭލުންތެރިކަމުގެ ކެމްޕޭންއެއް މިއަދު ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއިން ފަށައިފިއެވެ.

ދުނިޔޭގެ އިންޓަނެޓް ސޭފްޓީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ މިއަދުއެވެ.

އެ ކެމްޕޭންއާ ބެހޭގޮތުން އިތުރު މައުލޫމާތު ދިނުމަށް މިއަދު ޓެކްނޮލޮޖީ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ވިދާޅުވީ ރާއްޖޭގެ ވަރަށް ބޮޑު ބައެއް މިހާރު އިންޓަނެޓް ބޭނުންކުރަމުންގެންދާ ކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ މީހުންނަކީ ޒުވާނުންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަދި އިންޓަނެޓްގެ ފަސޭހައާއެކު ސަމާލުވާން ޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ދުނިޔޭގައި މިފަދަ ދުވަހެއް ފާހަގަކުރުމަކީ މިފަދަ ދުވަހެއް އޭގެ ސަލާމަތާ ރައްކާތެރިކަން އަދި ޒާތީ މައުލޫމާތުތައް ހާމަކުރުމުގައި ވިސްނުންތައް ބަހައްޓަން ޖެހޭ ގޮތް ކުރަންޖެހޭ ކަންކަމާ ބެހޭ އެވެއާނަސް އޭގެ މީހުން މައުލޫމާތު ފޯރުކޮށްދީ މީހުން އަހުލުވެރިކަން ކުރުންކަން އަޅުގަނޑު ފާހަގަކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

އެ ކެމްޕޭންގައި ތިން ކަމަކަށް އަލި އަޅުވާލާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ ތެރޭގައި ޕްރައިވަސީ ނުވަތަ ޒާތީ މައުލޫމާތުތައް އާންމު ނުކުރުމާއި، ސެކިއުރިޓީ އަދި އިންޓަނެޓް ބޭނުންކުރުމުގައި ޒިންމާދާރުކަމަ އަދަބު އިހްތިރާމާ ހިކްމަތްތެރިކަމާ އަދި އީޖާދީ ގޮތެއްގައި އިންޓަނެޓް ބޭނުންކުރުން ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް