ސެމްސަންގް ގެލެކްސީ އެސް10 އަކީ ވައިފައި6 ސަޕޯޓުކުރާނެ ފޯނެއް

ސެމްސަންގް ގެލެކްސީ އެސް10 ގެ ލީކެއް ---

ސެމްސަންގުން ދެން އެންމެ އަވަހަށް ނެރޭނެ ސެމްސަންގް ގެލެކްސީ އެސް10 އަކީ ވައިފައި6 ސަޕޯޓުކުރާ ފުރަތަމަ ފޯނުތަކުގެ ތެރޭގައި ހިމެނޭނެ ފޯނެއްކަމަށް އެ ކުންފުނީން ބުނެފިއެވެ.

ވައިފައި6 އަކީ މިހާރު އާންމުކޮށް ބޭނުންކުރާވައިފައި އަށްވުރެ ހަލުވި އިންޓަނެޓް ނެޓްވޯކެކެވެ. ވައިފައި6 ރައުޓަރަށް ކަނެކްޓުކުރެވޭ ޑިވައިސްތަކުގެ އަދަދުވެސް އިތުުރުވާނެއެވެ. ވައިފައި6 ސަޕޯޓުކުރާ ފޯނެއް ސެމްސަންގުން ނެރުނުނަމަވެސް ވައިފައި6 ރައުޓަރު އަދި އެހާ އާންމެއް ނުވެއެވެ. ވައިފައި6 އަކީ ގިނަ ސްމާޓް ޑިވަސްތައް ބޭނުންކުރާ ގޭގެއަށް އެންމެ ކަމުދާނެ އިންޓަނެޓް ނެޓްވޯކަށް ވާނެއެވެ.

ސެމްސަންގް ގެލެކްސީ އެސް10 ގައި ހިމަނާފައިވާ ކުއެލްކޮމް ސްނެޕްޑްރެގަން 855 އަކީ ވައިފައި6 ސަޕޯޓުކުރާ ޗިޕެކެވެ. މި ޗިޕް ހިމެނޭ ފޯނުތައް އަދި ބާޒާރަށް ނުނިކުތް ނަމަވެސް މިއަހަރު ކުރިއަށް ނުކުންނަން ހުރި ވަރުގަދަ ފޯނުތަކުގައި ހިމަނާފައި ހުންނާނީ މި ޗިޕެވެ.

ސެމްސަންގުން ގެލެކްސީ އެސް10 ލޯންޗު ކުރާނީ މޯބައިލް ވޯލްޑް ކޮންގްރެސްގައި މިމަހުގެ 24 ގައެވެ. ސެމްސަންގުން އެސް10 ގެ ތިން މޮޑެލެއް ނެރޭނެއެވެ. ތަންކޮޅެއް ފަހުން 5ޖީ ސަޕޯޓުކުރާނެ މޮޑެލްއެއްވެސް ނެރޭނެކަމަށް ބެލެވެއެވެ.

comment ކޮމެންޓް