ޕައިލެޓުންގެ ކަންބޮޑުވުންތައް މޯލްޑިވިއަންގެ ވެރީން އަޑުއަހަފި

މޯލްޑިވިއަންގެ އެމްޑީ މުހައްމަދު ރިޒްވީ --- ސަންފޮޓޯ/ މުހައްމަދު މުޒައްޔިނު ނާޒިމް

ޕައިލެޓުންނާ ބައްދަލުކޮށް އެމީހުންގެ ހުރި ކަންބޮޑުވުންތައް މޯލްޑިވިއަންގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ރިޒްވީ އަދި ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު އައިޝަތު ޖެނިފާ އަޑުއަހައިފި އެވެ.

ޕައިލެޓުން ވަޒީފާއަށް ނުނިކުންނަން ނިންމައި ރޭ އެކަން އިއުލާނުކުރީ އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރު އޮފް ފްލައިޓް އޮޕަރޭޝަންގެ މަގާމުގައި ހުންނެވި މުހައްމަދު އަމީންއާ ގުޅޭ ގިނަ މައްސަލަތަކެއް މީގެ ކުރިން ހުށަހަޅާފައިވީ ނަމަވެސް، އެ މައްސަލަތަކަށް ހައްލެއް ލިބިފައިނުވާތީ ކަމަށް ބުނެ އެވެ.

މޯލްޑިވިއަންގެ ޕީއާރް އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް 'ސަން' އަށް ވިދާޅުވީ މޯލްޑިވިއަންގެ ހުރިހާ ޕައިލެޓުންވެސް ވަޒީފާއަށް ނުކުމެފައިވާ ކަމަށެވެ. އަދި ޝެޑިއުލްޑް އެއްވެސް ފްލައިޓަކަށް ބުރޫ ނާރައި ކުރިއަށްދާ ކަމަށް ވަސީމް ވިދާޅުވި އެވެ.

އަދި މޯލްޑިވިއަންގެ އެމްޑީ ރިވްޒީ އަދި ޑީއެމްޑީ ޖެނިފާ ޕައިލެޓުންގެ ކަންބޮޑުވުންތައް އަޑުއެހުމަށް ރޭ ޕައިލެޓުންނާ ބައްދަލުކޮށްފައިވާ ކަމަށްވެސް ވަސީމް ވިދާޅުވި އެވެ.

އަމީން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ޕައިލެޓުން ވަނީ ބުނެފަ އެވެ.

"ވަރަށް ސާފުކޮށް އަޅުގަނޑުމެން ދަންނަވަމުން މިގެންދަނީ ޑިރެކްޓަރު އޮފް ޕައިލެޓް އޮޕަރޭޝަން މުހައްމަދު އަމީން އިސްތިއުފާ ދެއްވާށޭ. އެހެންނޫނީ މިކަމެއް ނުހުއްޓޭނެ. ވަރަށް ހަޑިހުތުރު ބަހުން މުވައްޒަފުންނާ މެދު އޭނާ ވާހަކަ ދައްކަނީ. ވަރަށް ބޮޑަށް މުވައްޒަފުންނާ މެދު ތަފާތުކުރުންތައް އަމީން ގެންގުޅޭ،" "ސަން"އާ ވާހަކަ ދެއްކި ޕައިލެޓަކު ކިޔައިދިނެވެ.

comment ކޮމެންޓް