ނ. މަނަދޫ ނެރުމައްޗަށް މުދާ އުފުލާ ބޯޓެއް އަރައިފި އެވެ.
މަނަދޫ ކައުންސިލްގެ ރައީސް މުހައްމަދު އުމަރު މިރޭ "ސަން" އަށް ވިދާޅުވީ އެ ހާދިސާ ހިނގީ މިރޭ އަށެއް ޖެހިއިރު ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަށް އަނިޔާއެއް އަދި ގެއްލުމެއް ނުވެ އެވެ.
އެ ހާދިސާގައި ނެރުމައްޗަށް އަރައިފައި ވަނީ ވާލި ނަމަކަށް ކިޔާ ބޯޓެކެވެ.
"އެ ބޯޓް އޮތީ ކަނޑިއްމަޔަށް އަރާފައި. މިހާރު މި ބަލަނީ ޕޮލިސް ލޯންޗަކާ އެހެން މުދާ އުފުލާ ބޯޓަކުން ވާ ޖަހައިގެން އެތެރެއަށް ދަމާލެވޭތޯ. އެކަމަކު ކަނޑު ގަދަކަމުން ވަރަށް އުނދަގޫ އެކަން ކުރަން." އޭނާ ވިދާޅުވި އެވެ.
އެ ހާދިސާގައި އެ ބޯޓުގެ ފަހަތު ކޮޅު ކޮންމެވެސް ވަރަަކަށް އަޑިއަށް ގޮސްފައިވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.