ކުޑަހުވަދޫ ދޯންޏަކުން މަހަށް ގޮސް އުޅުނު މީހަކު ކުއްލި ގޮތަކަށް މަރުވެއްޖެ

ދ. ކުޑަހުވަދޫ -- ފޮޓޯ: އެމްއާރްޑީސީ

ދ. ކުޑަހުވަދޫ ދޯންޏަކުން މަހަށް ގޮސް އުޅުނު މީހަކު ކުއްލިގޮތަކަށް މަރުވެއްޖެ އެވެ.

އެމްއެންޑީއެފްގެ މީޑީއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާގައި މަރުވެފައި ވަނީ ކުޑަހުވަދޫގެ އުމުރުން 55 އަހަރުގެ މީހެއް ކަމަށެވެ.

"އުއްމީދު 3 ކިޔާ ދޯންޏެއް އެއީ. އޭނާ ދޯނީގެ ފާހާނައިގައި މާގިނައިރުވެގެން ބެލިއިރު އޮތީ ވެެއްޓިފައި. ދެން އަޅުގަނޑުމެން ސީ އެމްބިއުލެންސް އިން ގޮސްގެން ފަރުވާ ދެމުން ދިޔައީ. އޭނާ ވަނީ ނިޔާވެފައި،" އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އޭނާ މިއަދު ހަވީރު 05:50ގައި ކުޑަހުވަދުއަށް ގެންގޮސްފައިވާ ކަމަށެވެ. އެ ހާދިސާ ހިނގައިފައި ވަނީ ދ. ހުޅުދެއްޔާ 10 ނޯޓިކަލް ބޭރުން މަސްވެރިކަން ކުރަން އުޅުމުގެ ތެރޭގަ އެވެ.

ފަހަކަށް އައިސް ކުއްލި އަކަށް މަރުވާ މީހުން ރާއްޖޭގައި ވަނީ އިތުރުވެފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގައި މަރުވަމުންދާ ފަތުރުވެރިން ވެސް ހިމެނެ އެވެ.

comment ކޮމެންޓް