މިދިޔަ އަހަރު ދަތުރުވެރިންނަށް 42 މިލިއަން ޑޮލަރު ވިއްކި

ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމްއަކުން ކަސްޓަމަރަކު ޚިދުމަތް ހޯދަނީ -- ފޮޓޯ: ބީއެމްއެލް

ރާއްޖެއިން ބޭރަށް ފުރާ ދަތުރުވެރިންނަށް މިދިޔަ އަހަރު 42،740،798 ޑޮލަރު ވިއްކި ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް ފަސޭހައިން ޑޮލަރުލިބޭނެ ގޮތް ހެދުމަށް ބީއެމްއެލް އިން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޑޮލަރު ވިއްކުމަށް ހާއްސަ ކައުންޓަރެއް ބަހައްޓައިފައެވެ. އޮންލައިންކޮށް ބުކް ކުރުމަށްފަހު ފުރަން ގޮސް ޑޮލަރު ގަނެވޭގޮތް ހަދައި، ޑޮލަރު ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސީ 2017ވަނަ އަހަރުއެވެ. އެ އަހަރު 48 މިލިއަން ޑޮލަރު ވަނީ ވިއްކައިފައެވެ.

މާލެ އާއި އެއާޕޯޓުގައި ބަހައްޓާފައިވާ ޑޮލަރު އޭޓީއެމްތަކުން މިދިޔަ އަހަރު 415 މިލިއަން ޑޮލަރު ނަގާފައި ވެއެވެ.

މިދިޔަ އަހަރު ބީއެމްއެލްގެ ކާޑުތަކުން ރާއްޖެއިން ބޭރުގައި 222 މިލިއަން ޑޮލަރުގެ ވިޔަފާރިކޮށްފައިވާއިރު 2017 ވަނަ އަހަރު ކޮށްފައިވަނީ 208 މިލިއަން ޑޮލަރުގެ ވިޔަފާރިއެވެ.

comment ކޮމެންޓް