މަހަށް ނުކުމެ އުޅުނު މީހަކު މަރުވެއްޖެ

ގަން ރީޖަނަލް ހޮސްޕިޓަލް--- ފޮޓޯ/ ސޯޝަލް މީޑިއާ

ލ. ހިތަދޫގެ ދެކުނުން 24 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "މާވެހި" ނަމަކަށްކިޔާ ދޯންޏެއްގައި ހުރި މީހަކު މަރުވެއްޖެ އެވެ.

އެމްއެންޑީއެފްއިން މިއަދު ބުނީ އުމުރުން 45 އަހަރުގެ ފިރިހެން މީހާ ހާލު ދެރަވެގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު 09:00 ލިބުނު ކަމަށާއި އަވަސް ފަރުވާއަށް ލ. ގަމު ރީޖަނެލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އޭނާ އެ ހޮސްޕިޓަލަށް ގެންދިޔައީ މެއަށް ތަދެއް އަރައިގެން ނޭވާލުމަށް އުނދަގޫވުމުގެ ސަބަބުން ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ގަން ރީޖަނަލް ހޮސްޕިޓަލުން "ސަން" އަށް ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށާއި އޭނާގެ ހަށިގަނޑު ހިތަދޫއަށް ގެންގޮސްފައިވާ ކަމަށެވެ.

comment ކޮމެންޓް