އައްޑޫ އަދި ކުޅުދުއްފުއްޓަށް "ގޮށްރާޅު" އަރަނީ!

ގޮށްރާޅުގެ ޕޯސްޓަރެއް-- ފޮޓޯ/ ޑާކްރެއިން

ޑާކްރެއިންއެންޓަޓެއިންމަންޓް އިން ގެނެސްދޭ ފިލްމު "ގޮށްރާޅު" އައްޑޫ ސިޓީ އަދި ހދ. ކުޅުދުއްފުށީގައި ދެއްކުމަށް ނިންމައިފި އެވެ.

"ގޮށްރާޅު" ކުޅުދުއްފުށީގައި ދެއްކުމަށް ހަމަޖެހިފައި ވަނީ މި މަހު ހަތެއް އަދި އަށް ވަނަ ދުވަހުގެ ރެ އެވެ. ތިލަދެކުނު ސިނަމާގައި ފިލްމު އަޅުވަން ހަމަޖެހިފައިވާ އިރު ޕްލޭ ގްރައުންޑް ފިހާރައިން ފިލްމުގެ ޓިކެޓް ލިބެން ހުންނާނެ އެވެ.

ކުޅުދުއްފުށިން ފިލްމުގެ ޓިކެޓާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ހޮޓްލައިން ނަމްބަރު 9704448 އަދި 7758448 ގުޅުން ފިލްމު އަޅުވާ ޓީމުން އެދެ އެވެ.

ކުޅުދުއްފުށީގައި ފިލްމު އަޅުވާނީ މި މަހު ހަތެއް އަދި އަށެއްގައި---

ފިލްމު އައްޑޫ ސިޓީ ހިތަދޫގައި އަޅުވާނީ މި މަހު ހަތް ވަނަ ދުވަހުގެ ރޭ އެވްރީ ވަން ލާނިން ސެންޓަރުގަ އެވެ. އަދި މަރަދޫގައި ފިލްމު އަޅުވަން ހަމަޖެހިފައި ވަނީ މި މަހު އަށެއް އަދި ނުވަ ވަނަ ދުވަހުގެ ރޭ ބޮންޑޮގޭގަ އެވެ.

އައްޑޫ ސިޓީގައި ފިލްމު އެޅުވުމާ ހަވާލުވެ ތިބި ފަރާތުން ބުނީ 9997049 ގުޅުމުން ފިލްމުގެ ޓިކެޓް ލިބޭނެ ކަމަށެވެ.

ރަށްރަށުގައި ފިލްމު އަޅުވަން ބޭނުންވާ ފަރާތްތަކުން ޑާކްރެއިންގެ ހޮޓްލައިން ނަންބަރު 9911229 އާ ގުޅުން އެ ޓީމުން އެދެ އެވެ.

އައްޑޫ ސިޓީގައި ފިލްމު އަޅުވާނީ މި މަހު އަށެއް އަދި ނުވައެއްގައި--

މޫމިން ފުއާދުގެ ސްކްރީން ޕްލޭއަކަށް ކުޅަދާނަ ވިޝުއަލް އިފެކްސްޓް އަދި ސިނެމަޓޯގްރަފާ އަހުމަދު ޝިނާން ޑައިރެކްޓްކޮށްފައިވާ އެ ފިލްމަކީ ޑާކްރެއިންއިން ވެސް މީގެ ކުރިން ގެނެސްދީފައިނުވާ ޖޯންރާއެއްގެ ފިލްމެކެވެ. ވަރުގަދަ ކްރައިމް ތްރިލާއެކެވެ.

އެ ފިލްމުގެ ތަރިންނަކީ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އަލަށް ތައާރަފްވާ ދެ ބަތަލުން ކަމަށްވާ ތަސްނީމާ، ރަޝްފާ، އަޒާން އެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ނާޝިދު، ހަމްދާން ފާރޫގު، ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.

ކުޅުދުއްފުށީ ސިނަމާ---

ޓިކެޓްގެ އަގަކީ 100 ރުފިޔާ އެވެ. އެ ފިލްމަކީ ޒުވާނުންގެ އިތުރުން ހުރިހާ ބޭފުޅުންނަށް ވެސް ބަލާލެވޭނެ ވަރުގަދަ ފިލްމެކެވެ.

"ގޮށްރާޅު"ގެ އޮންލައިން ޕާޓްނަރަކީ ސަން އޮންލައިން އެވެ.

comment ކޮމެންޓް