1.4 ބިލިއަން އެޕަލް ޑިވަސް ބޭނުންކުރޭ!

އެޕަލް ކުންފުނިން މި އަހަރު އުފެއްދި އައިފޯން 10އެސް އަދި 10އެސް މެކްސް ދިރާގުން ރަސްމީކޮން ލޯންޗުކުރުން -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 1.4 ބިލިއަން އެޕަލް ޑިވަސް ބޭނުންކުރާކަމަށް އެކުންފުނިން ބުނެފި އެވެ.

މިއީ އެޕަލްގެ އައިފޯނާއި އައިޕެޑް، މެކްބުކް، އެޕަލް ޓީވީތައް މިހާރު ބޭނުންކުރަމުންދާ ޖުމްލަ އަދަދު ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ 900 މިލިއަން އައިފޯނު ކަމަށާއި މިއީ 2017 ނިމުނު އިރު އައިފޯނު ބޭނުންކުރަމުން ދިޔަ މިންވަރާ އަޅާބަލާއިރު ނުވަ ޕަސެންޓު އިތުރު އަދަދެއްކަމަށް އެޕަލް އިން ބުނެފައިވެ އެވެ.

އައިފޯނު ބޭނުންކުރާ މިންވަރު އިތުރުވި ނަމަވެސް މިދިޔަ އަހަރު ނިމުނުއިރު އެޕަލް އަށް ލިބުނު ފައިދާ ވަނީ ދަށްވެފަ އެވެ. އެކުންފުންޏަށް ލިބުނު އާމްދަނީ ވެސް މިދިޔަ ކުއާޓަރުގައި 15 ޕަސެންޓު ދަށްވެފައިވާ ކަމަށް އެޕަލް އިން އާންމުކޮށްފައިވާ މާލި ތަފާސްހިސާބުގައިވެ އެވެ.

އެޕަލްގެ 1.4 ބިލިއަން ޑިވައިސް ބޭނުންކުރާކަމަށް ރިޕޯޓުކޮށްފައިވާ އިރު އެ ކުްނފުނިން ދަނީ ސްޓްރީމިން ޕްލެޓްފޯމެއް އުފައްދަން މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް