ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

މިދިޔަ އަހަރު ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިތްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގައި ދޭ "ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް"އަށް ކުރިމަތިލުމުގެ ފުރުސަތު ހެލްތް މިނިސްޓްރީ ހުޅުވާލައިފިއެވެ.

ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑަކީ ކޮންމެ އަހަރެއްގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ (31 މެއި) މުނާސަބަތުގައި ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކުން ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމަ ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ދޭ އެވޯޑެކެވެ.

މިއަދު ހެލްތް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ އެ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފައެވެ.

އެހެން ކަމުން، އެ އެވޯޑަށް ކުރިމަތިލެއްވުމަށް ނުވަތަ އެހެން ފަރާތެއްގެ ނަން ހުށަހެޅުއްވުމަށް ނުވަތަ އަމިއްލަ ނަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 21 ފެބުރުވަރީ 2019 ވަނަ ދުވަހުގެ އޮފީސް ބަންދު ވުމުގެ ކުރިން ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް ފޯމް ހުށަހެޅުމަށް އެ މިނިސްޓްރީގެ އިއުލާނުގައި ވަނީ އެދިފައެވެ.

އެ އެވޯޑަށް ކުރިމަތިލާން ހުށަހަޅާ ފޯމް ޑަބްލިއު.އެޗް.އޯގެ ވެބްސައިޓް އިން ލިބެން ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި އަހަރުގެ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ޝިޢާރަކީ "ޓޮބޭކޯ އެންޑް ލަންގް ހެލްތް" ނުވަތަ "ދުންފަތް އަދި ފުއްޕާމޭގެ ސިއްހަތު" އެވެ.

comment ކޮމެންޓް