އިޖުތިމާއީ ހަރަކާތްތަކަށް އުގެއިލްގެ ފައުންޑޭޝަނެއް

ޕްރޮފެސަރ އުގެއިލް----

ރާއްޖޭގައި އޖުިތިމާއީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ފްރޮފެސަރު ހަސަން އުގެއިލް " އުގެއިލް ފައުންޑޭޝަން" ގެ ނަމުގައި ފައުންޑޭޝަނެއް އުފައްދައިފިއެވެ.

އުގެއިލް މިހާރުވެސް ދަނީ ތަފާތު އިޖުތިމާއީ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ހޭލުންތެރިކަން އިތުރުކުރުމަށް ޓޯކް ޝޯތައް ދިނުމުގެ އިތުރުން ސިއްހީ މައްސަލަތަކާ ބެހޭގޮތުން އޭނާ ވަނީ ފޮތެއްވެސް ލިޔުއްވައިފައެވެ.

އަދި ދާދިފަހުން ރާއްޖޭގައި އާޓިފިޝަލް އިންޓެލިޖަންސް ކުރިއެރުވުމުގެ ގޮތުން ޕްރޮގްރާމެއްވެސް ވަނީ ފަށައިފައެވެ.

އުގެއިލް "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ އެ ފައުންޑޭޝަން އުފެއްފުމުން މިހާރުވެސް ކުރިއަށް ގެންދާ އިޖުތިމާއީ ހަރަކާތްތައް އެއްފުރާޅެއްގެ ދަށުން ކުރިއަށްގެންދެވޭނެ ކަމަށެވެ.

އުގެއިލް ވިދާޅުވީ އެ ފައުންޑޭޝަން މީގެ ދެ ހަފްތާ ކުރިން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

އެ ފައުންޑޭޝަންގެ މެމްބަރުންނަށް ވުމަށް އެކުލަވާލައިފައިވާ ގަވައިދުތައްވެސް ވަރަށް އަވަހަށް އާންމުކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

" މެމްބަރުން ފައުންޑޭޝަނަށް ވެއްދުމުގައި އިސްކަންދޭނީ ރާއްޖޭގައި ސީރިއަސްކޮށް އިޖުތިމާއީ މަސައްކަތްތަކުގައި ޝާމިލްވާ ފަރާތްތަކަށް. މިހާރުވެސް 10 ވަރަކަށް ބޭފުޅުން އެބައުޅޭ ވޮލަންޓިއަރެއްގެ ގޮތުގައި" އުގެއިލް ވިދާޅުވިއެވެ.

ހިސާބު އިލްމުން މަތީ ތައުލީމް ހާސިލްކުރުމަށް ފަހު، އިނގިރޭސިވިލާތުގެ ޔުނިވަސިޓީގެ ބްރެޑްފޯޑްގައި އޭނާ ދަނީ މިހާރުވެސް ފުލްޓައިމް ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ.

comment ކޮމެންޓް