ކަނޑު ހަރުފައެއް މަކުނުދޫ ސަރަހައްދުން ފެނިއްޖެ

މަކުނުދޫ ވިލުތެރެއިން ފެނުނު ހަރުފަ -- ފޮޓޯ/ މަކުނުދޫ ކައުންސިލް

ވިހަގަދަ ކަނޑު ހަރުފައެއް ހދ މަކުނުދޫ ސަރަހައްދުން ފެނިއްޖެއެވެ.

މަކުނުދޫ ކައުންސިލަރު ހުސައިން ސާމީ "ސަން"އަށް ވިދާޅުވީ އެ "ޔެލޯ ބެލީޑް ސީ ސްނޭކް" ނަމަކަށް ކިޔާ އެ ހަރުފަ އިއްޔެ ރަށު ވިލުތެރެއިން ރަށު ބަޔަކަށް ފެނުނު ކަމަށެވެ.

"އެ ހަރުފަ ވަނީ ގެނެސްފައި. އޭތި މިހާރު އޮތީ އެ ހިފި މީހާ ގެންގުޅޭ ޓޭންކަކަށް ލާފައި،"

ސާމީ ވިދާޅުވީ އެ ހަރުފަ ފުލުހުންނާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

މަކުނުދޫ ވިލުތެރެއިން ފެނުނު ހަރުފަ -- ފޮޓޯ/ މަކުނުދޫ ކައުންސިލް

ޔެލޯ ބެލީޑް ސީ ސްނޭކް" އަކީ އާންމުކޮށް ކަނޑުންނާއި ކޯރުން ފެންނަ ހަރުފައެކެވެ. އެ ހަރުފަ އަކީ ރާއްޖޭގެ ކަނޑުން ނުފެންނަ ބާވަތެއްގެ ހަރުފައެކެވެ.

"އޭގައި ހުންނާނީ ދޮޅު ފޫޓުވަރު. ދެފޫޓު ހަމައެއް ނުވާނެ،"

އެ ހަރުފަ އަކީ ވިހަގަދަ ހަރުފައެކެވެ. އަދި އެ ހަރުފަ ވިހަލައިފިނަމަ ލަސްނުކޮށް ފަރުވާ ހޯދަންޖެހެއެވެ.

comment ކޮމެންޓް