ބިޑްނުކޮށް ޕްރޮޕޯޝަލް ހުށައަޅަން ފުރުސަތު ދިނުމަކީ ކޮރްޕްޝަނަށް މަގުފަހިވާނެ ކަމެއް: ސަލީމް

އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް -- ފައިލް ފޮޓޯ

ބިޑަކާ ނުލައި ދައުލަތުގެ މަޝްރޫއުތަކަށް ބިޑް ހުށަހެޅޭ ގޮތަށް ހުޅުވާލުމަކީ ކޮރަޕްޝަނާއި ފަސާދައަށް ހުޅުވޭ ދޮރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ރެޑްވޭވް އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ސަލީމު މިއަދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ދެފުށް ފެންނަ ހެޔޮ ވެރިކަމެއް ކުރުމަށް ކަމަށާއި ބިޑަކާ ނުލައި "ހޭންޑް ޕިކްކޮށްގެން" ދައުލަތުގެ މަޝްރޫއުތައް ވަކި ބަޔަކަށް ހަވާލުކުރެވޭ ފަދަ އުސޫލެއް ގާއިމުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ބިޑްކުރުމަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލެއް ކަނޑައަޅައި މިއަދު ވަނީ ގެޒެޓްގައި އާންމުކޮށްފަ އެވެ. ރައްޔިތުން ސަރުކާރާ މަތިކޮށްފައިވާ ޒިންމާ އާއި ސަރުކާރުން ވައުދު ވެފައިވާ ތަރައްގީގެ ލަނދުދަނޑިތަކަށް ވާސިލުވުމަށް އެހީތެރިކަން ފޯރުކޮށްދޭ މަޝްރޫއުތަކެއް ކަމުގައިވާ ނަމަ، އެފަދަ ޕްރޮޕޯޒަލްތައް ބަލައިގަތުމުގައި ކުރިއަށް ދާނެ ގޮތްތައް އެ އިއުލާންގައި ބަޔާންކޮށްފައިވެ އެވެ.

ސަލީމް ވިދާޅުވީ ސަރުކާރުން ހިންގާނެ މަޝްރޫއުތަކާއި ޕްލޭންތައް ސަރުކާރަށް ކުރިން އެނގޭނެ ކަމަށާއި އެފަދަ މަޝްރޫއުތައް އާންމު ކުރާ އިރު، އޭގެ ތެރެއިން ވަކި ބަޔަކަށް އިސްކަން ދިނުމުގެ ފުރުސަތު ވަރަށް ރަނގަޅަށް ގާއިމު ކުރެވިގެންދާނެ ކަމަށެވެ.

"މިއީ އެގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން، މާލިއްޔަތު ގާނޫނަށް ބަދަލުގެނެސްގެން ވެސް މިކަން ޖެހޭނީ ބަދަލުކުރަން. އަނެއް ކޮޅުން ކުރީ ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކަ ދައްކައިގެން އައި ބަޔަކު މިފަދަ ކަމެއް ކުރުމަކީ ހަމަ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން،" ސަލީމް ވިދާޅުވި އެވެ.

"މިކަމުން ވައްކަމާއި ފަސާދަ އަދި އިތުރަށް އަށަގަތުން ނޫން ކަމެއް ނުވާނެ،"

ސަލީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ އެކު ރައްޔިތުންގެ މަޖިލީހުގައި 10 ވަރަކަށް އަހަރު ހޭދަ ކުރެެވިއްޖެ ކަމަށާއި ރައީސް ސޯލިހަކީ އެފަދަ ބޭފުޅެއް ނޫން ކަމަށާއި މިފަދަ ކަންކަން މި ހިނގަނީ އެ މަނިކުފާނު އަރިހުގައި ތިއްބަވާ ބޭބޭފުޅުންގެ ބާރާއި ނުފޫޒުގެ ސަބަބުން ކަމަށެވެ.

https://sun.mv/114648

ސަލީމްގެ އިންޓަވިއުގައި އެހެން ނުކުތާއެއް ވެސް ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ މީސްމީސް މީހުންނަށް ވަޒީފާގެ ބިރުދެއްކުމުގެ ސަގާފަތެއް އަނެއްކާ ވެސް ފެތުރެމުން އަންނަ ކަމަށެވެ. ޚާއްސަކޮށް ފެނަކަ ކޯޕަރަރޭޝަންގައި މަސައްކަތް ކުރާ މީހުންނަށް އެ ބިރު ވަރަށް ބޮޑަަށް އޮތް ކަމަށް ވިދާޅުވި އެވެ.

"ބައެއް މީހުންނަށް އަޅުގަނޑުމެންނާ ބައްދަލުކޮށް ވާހަކަ ދައްކާލުމަށް ނުކެރޭ ވަރަށް ވަޒީފާގެ ބިރު އެބައޮތް،" ސަލީމް ވިދާޅުވި އެވެ.

comment ކޮމެންޓް