ކޫއްޑޫ ފަރަށް ދޯންޏެއް އަރައިފި

ދުވެލި ދޯނި ފަރަށް އެރި ސަރަހައްދު -- ފޮޓޯ/ ގޫގުލް މެޕް

ގއ. ވިލިނގިއްޔާ ކާއިރީ އޮންނަ ކޫއްޑޫ ފަރަށް ދޯންޏެއް އަރައިފި އެވެ.

އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބުނީ މިއަދު ހެނދުނު 9:27 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ، "ދުވެލި" ނަމަކަށް ކިޔާ ދޯންޏެއް ގއ. ކޫއްޑު ފަރަށް އަރައިގެން އުޅޭ ކަމުގެ މައުލޫމަތު ލިބިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑް މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން ދާ ކަމަށެވެ.

އެ ހާދިސާ ހިނގި އިރު ދޯނީގައި ތިބި ތިން މީހުންގެ ހާލު ވެސް ރަނގަޅުކަމަށް އެމްއެމްއެންޑީއެފުން ބުނެ އެވެ.

comment ކޮމެންޓް