ކެންސަރުގެ ބިރުވެރިކަމުގައި އީމް ކުރި ހަނގުރާމަ!

އީމް ނިޒާމް--- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

މޮޑެލް އަދި ލަވަކިޔުންތެރިޔާ އީމާން ނިޒާމް (އީމް ނިޒާމް) މިއަދު އިންސްޓަގްރާމްގައި ކޮށްލި ޕޯސްޓަކުން އެންމެންގެ ސަމާލުކަން އަތުލައިގަތެވެ.

ގިނަ ބަޔަކު ޝޮކެއްގައި ތިބި އިރު އަނެއް ބަޔަކު ވަނީ އޭނާ ދެއްކި ހިއްވަރަށް ސާބަސްދީ އިންސްޓަގްރާމް ޕޯސްޓަށް މެސެޖުކޮށްފަ އެވެ.

"ފުރަތަމަ ޑަކްޓަރުން ހީކުރީ އީމް އަށް ކެންސަރުޖެހިފައި ހުރިކަމަށް. ނަމަވެސް ފަހުން އެނގުނު ކެންސަރު ނެތްކަން. އެކަމަކު ވޭތުވެ ދިޔަ ހަ މަހުގައި ގިނަ ސިއްހީ މައްސަލަތަކެއް ވަނީ ދިމާވެފައި،" އީމް އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި ބުނެފައިވެ އެވެ.

އީމް ބުނީ ވޭތިވެ ދިޔަ ހަ މަސް ދުވަހަކީ އޭނާއަށް ދަތި އުނދަގޫވި ދުވަސްތަކެއް ނަމަވެސް އެ ކަންތައްތަކާ ކެރިގެން ކުރިމަތިލި ކަމަށެވެ. އަދި ކޮންމެ ރެއަކު ރަހުމާން ސޫރަތް ކިޔަވައި ދުއާކުރި ކަމަށް ވެސް އީމްކުރި ޕޯސްޓުގައި ބުނެފައިވެ އެވެ.

"ދުއާ ކުރަން ޖެހޭނެ. ދުއާކޮށް ކިޔެވުމުގެ ސަބަބުން އަހަރެން މިވަގުތު ސަލާމަތުން މިހުރީ،"

View this post on Instagram

“There’s a Can in Cancer cos we can beat it !” Yes ! God is indeed the greatest ! I was almost diagnosed with cancer and it has been 6 months I have been really sick ! The past six months were challenging and tiring , fighting to get better while putting up a strong face and working on events , designs etc until my doctors begged me to focus only on my health ! Well.. so I did and finally did biopsy, did all the treatments and inshallah I’m good with gods blessings ... I recited Rahman surah every night and prolly one reason why I’m safe.. nothing more powerful thn prayers! At this moment I wanna thank my sister @empreszzz my mom @dilady33 Nd also @xaiiixaii for taking care of me during and after the surgery . Zai literally fed me and took care of me like I’m a baby , Zai thank u also for visiting the doctor with me almost everyday for the past six months ❤????????... I’m so blessed and grateful to have loved ones who pray for me care about my well being and is there for me through thick and thin. Moments like this u realize who ur real ones are hey! U too @shaistha.robinson PS , to those who thought my silence and the reason behind my stress and worries was something else , I just want Y’all to know, me and my family , we were worried about my health and praying for my recovery . Specially the past 5 days after the surgery while I was bed-resting ! We ain’t got time to worry about some lame Drama! There’s nothing more important than health ! Thank god for today! Alhamdhulillah! ???????? Thanks also to those who prayed fr me and checked up on me .. Got nothing but love fr y’all ❤️❤️ #Grateful #appreciatelife #fuckcancer

A post shared by Eem Nizam (@eemnizam) on

އީމް ބުނީ ދިމާވި ކަންތައްތަކަށް ފަސްޖެހުމެއްނެތި ކުރިއަށް ދިޔަކަމަށެވެ. އަދި ކުރަން ޖެހޭ މަސައްކަތް ވެސް ކެތްތެރިކަމާ އެކު ގަވައިދުން ކުރާ ކަމަށެވެ.

"އެންމެ ހިތްވަރު ލިބުނީ އާއިލާގެ ފަރާތުން. ދެން ރަހުމަތްތެރިންގެ ފަރާތުން. އެމީހުންގެ ދުއާ މިއީ،"

އީމް އިންތިޒާމްކޮށްގެން ދާދިފަހުން މާލޭގައި ކުރިޔަށް ގެންދިޔަ "ހީނާ އާޓް މާސްޓާކްލާސް"ގެ ޗެރިޓީ އިވެންޓެއް މާލެ އަތޮޅު ގުރައިދޫގައި ވެސް ވަނީ ހިންގައިފަ އެވެ. އެ ކްލާސްތަކުގެ ބައިވެރިންނަށް ވަނީ ސެޓްފިކެޓްގެ އިތުރުން ތަފާތު ހަދިޔާތައް ވެސް ދީފަ އެވެ. ދާދި ފަހުން އީމް ވަނީ އަމިއްލަ ޕްރޮޑަކްޓެއް ކަމަށްވާ"ލެމަންގްރާސް ސޯޕް" އާއި "ބޯއީ ބާއި ލިޕް ސްކްރަބް" ވެސް ތައާރަފްކޮށްފަ އެވެ.

comment ކޮމެންޓް