އޯލެވެލް ޓޮޕްޓެންގައި މިއަހަރު 376 ދަރިވަރުން

މިދިޔަ އަހަރު ބޭއްވި ޖީސީއީ އޯލެވެލް އިމްތިހާނުގައި މުޅި ދުނިޔޭގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރަކަށް އެޑިއުކޭޝަން މިނިސްޓަރު އިނާމް ދެއްވަނީ ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

މި ދިޔަ އަހަރު ހެދި ސާނަވީ އިމްތިހާން ( އޯ ލެވަލް)ގެ ގަދަ ދިހައެއްގައި 376 ދަރިވަރުން ހިމެނިއްޖެއެވެ.

އޯ ލެވެލްގެ ނަތީޖާ އާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝިދު ވިދާޅުވީ މިދިޔަ އަހަރުގެ ނަތީޖާއަށް ބަލާލާއިރު ގިނަ ސްކޫލުތަކުން ރަނގަޅު ނަތީޖާއެއް ހޯދައިފައިވާ ކަމަށެވެ. އެގޮތުން ގިނަ މާއްދާތަކުން ކުރި އެރުން ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރު ގްރޭޑް 10، 5433 ދަރިވަރުން ނިންމި ނަމަވެސް އޯ ލެވެލް އިމްތިހާން ފުރިހަމަކޮށްފައިވަނީ 4571 ދަރިވަރުންނެވެ. އެއީ ބައެއް އޯލެވެލް އިމްތިހާންގެ ބަދަލުގައި ބީ ޓެކް އަދި ދަސްވާރުފަދަ އިމްތިހާނުތައް ފުރިހަމަކޮށްފައިވާތީއެވެ.

ގިނަ މާއްދާތަކުން 2017 ވަނަ އަހަރާ ބަލާއިރު ކުރިއެރުންތައް ހޯދި ނަމަވެސް އާޓް، މެތްސް އަދި ޓެރެވަލް އެންޑް ޓޫރިޒަމްއިން ފާސްވި ނިސްބަތް މިދިޔަ އަހަރު ވަނީ ކުޑަކޮށް ދަށަސް ގޮސްފައެވެ. އަދި މިދިޔަ އަހަރު އޯލެވެލް ނިންމި ދަރިވަރުންގެ ތެރެއިން ހުރިހާ ދަރިވަރުން ވަނީ ލިޓްރެޗާއިން ފާސްވެފައެވެ.

މިދިޔަ އަހަރު ސާނަވީ އިމްތިހާން (އޯ ލެވެލް) އިމްތިހާން ނިންމި ކުދިންތަކުގެ ތެރެއިން ލޮލުގައި ފެނުމުގެ މައްސަލަ އުޅޭ ދަރިވަރެއްވެސް ޓޮޕްޓެންގައި ވަނީ ހިމެނިފައެވެ.

comment ކޮމެންޓް